ޚަބަރު

ހިފަހައްޓާފައިވާ އައްޑޫ ރައްޔިތުންގެ ބިންތައް ދޫކުރަނީ


ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހިފަހައްޓާފައިވާ އައްޑޫ ރައްޔިތުންގެ ބިންތައް ދޫކުރަން ސަރުކާރުން ނިންމައިފިއެވެ. 

މި ކަން ސަރުކާރުން ހާމަކުރެއްވީ ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިސްނަންގަވައިގެން "މަގެ ދީނާ މަގެ ޤައުމާ ނުކުޅެއްޗޭ" މި ޝިޢާރުގެ ދަށުން  އައްޑޫ ސިޓީގައި ބޭއްވި ޚާއްޞަ ހަރަކާތުގެ ތެރެއިންނެވެ. މި ހަރަކާތުގައި ބައިވެރިވެ ވަޑައިގެން ވާހަކަދައްކަވަމުން އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ހިފަހައްޓާފައިވާ އައްޑޫ ރައްޔިތުންގެ ބިންތައް ދޫކުރަން ހައުސިންގ މިނިސްޓްރީން ނިންމާފައިވާ ކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެފައިވާ ކަމަށެވެ. އަދި ބިން ދޫކުރުމުގެ އުސޫލެއް ވަރަށް އަވަހަށް އާއްމުކޮށް އިޢުލާން ކުރާނެކަމަށެވެ.

އަޑު" ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި އައްޑޫ ސިޓީގެ ރައްޔިތުންގެ އަތުން ހިފަހައްޓާފައިވާ ބިންތައް ދޫކުރަން ސަރުކާރުން ނިންމައިފި. ވަރަށް އަވަހަށް އެ ބިންތަކާބެހޭ އުސޫލެއް ހައްދަވައި އެކަން އާއްމުކޮސް ޢިޢުލާން ކުރައްވާނެ" އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

މިއަދު ހަވީރު އައްޑޫ ސިޓީގައި ބޭއްވި "މަގޭ ދީނާ މަގޭ ޤައުމާ ނުކުޅެއްޗޭ" މި ޝިޢާރުގެ ދަށުން ބޭއްވި ޚާއްޞަ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އާއި އައްޑޫސީޓީގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.