ޚަބަރު

ރާއްޖޭގައި ހަޅުތާލު ކުރަންޖެހޭފަދަ ޙާލަތެއް ނެތް - މުޢިއްޒު


ދިވެހި އެއްވެސް ރައްޔިތަކު މަގުމައްޗަށް ނިކުމެ ހަޅުތާލު ކުރަންޖެހޭ އެއްވެސް ސަބަބެއް ރާއްޖޭގައި ނެތްކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހިރައްޔިތުންގެ ޢާންމު ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ތަރައްޤީގެ މުހިންމު މަސައްކަތްތަކެއް ކުރަމުންދާ މި ދަނޑިވަޅުގައި މަގުމައްޗަށް ނިކުމެ ހަޅުތާލު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އެއްވެސް ނަޒަރިއްޔާތަކުން ރައްޔިތުންނަށް ގެންލުންވެދާނެ އެއްވެސް ކަމެއް ސަރުކާރުން ކުރަމުން ނުދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން މަގުމައްޗަށް ނުކުމެ މުޖުތަމައުގެ އަމަން ނަގާލުމަށް ސިޔާސީ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ސަރުކާރާ ދެކޮޅު ހަރަކާތްތަކެއް ހިންގަމުންދަނީ ސިޔާސީ ބައެއްގެ އަމިއްލަ އެދުންތަކެއް ޙާސިލް ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކުގައި ޢާންމުން ބައިވެރި ނުވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.