ޚަބަރު

"މަގޭ ދީނާއި މަގޭ ޤައުމާ ނުކުޅެއްޗޭ" ހަރަކާތް ނިންމާލައިފި


ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ތަޢީދުކުރާކަން ހާމަކުރުމުގެ ގޮތުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ހަރަކާތް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިސްނަންގަވައިގެން "މަގެ ދީނާ މަގެ ޤައުމާ ނުކުޅެއްޗޭ" މި ޝިޢާރުގެ ދަށުން ބޭއްވި ޚާއްޞަ ހަރަކާތުގައި އައްޑޫސީޓީގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެން ޝުޢޫރުފާޅުކުރެއްވިއެވެ.



ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ބައިވެރިވެވަޑައިގެންނެވި މި ޙާއްޞަ ހަރަކާތުގައި ވާހަކަ ދެއްކެވި ބޭފުޅުންވަނީ އައްޑޫ ސިޓީ އޮތީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަން ހާމަކުރައްވާފައެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުން ބަޤާވާތް ކުރަން ތަޢީދު ނުކުރާނެ ކަމަށާއި ދިވެހިންގެ ދީނާ ޤައުމުގެ ދިފާޢުގައި މަސައްކަތް ކުރާނެކަން ހާމަކުރިއެވެ. އައްޑޫ ސިޓީ ހިތަދޫ ސްޓޭޑިއަމް ސަރަހައްދުގައި ބޭއްވި މި އެއްވުމުގައި ސަރުކާރަށާއި ރައީސް ޔާމީނަށް ތާޢީދުކުރާ ގިނަ އަދަދެއްގެ ޒުވާނުންނާއި އަންހެން ބޭފުޅުން ބައިވެރިވެ ޝުޢޫރުފާޅުރިއެވެ.

img:http://s4.psmnews.mv/images/660x400/15193993814980.jpg|ޢައްޑޫގައި ބޭއްވި ޚާއްޞަ ހަރަކާތުގެ ތެރެއިން -

މި ޙަރަކާތުގައި ބައިވެރިވެ ވާހަކަދައްކަމުން ރައްތިތުންގެ މަޖިލީހުގެ ވިލިމާލޭ ދައިރާގެ މެމްބަރު އަޙްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުން ދިނާ ޤައުމުުގެ ދިފާޢުގައި ނިކުންނާނެކަން ސާބިތު ކޮށްދީފައިވާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމުން ހޯދާނެކަން މެމްބަރުންގެ ވާހަކައިގެ ފާހަގަކުރެއްވިއެވެ. އަދި 2018ގައި ރައިސް ޔާމިން ހޮވަންވީ ސަބަބުތައް އެބޭފުޅުން ތަފްސީލުކޮށްދެއްވިއެވެ.

ވަޒީރުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން އައްޑޫ ސިޓީގެ ޒުވާނުންވެސް މިހަރަކާތުގައި އެމީހުންގެ ޝޫޢޫރު ފާޅުކުރިއެވެ. އެގޮތުން ރައިސް ޔާމީން ޤައުމަށް ކޮށްދެއްވަމުން ގެންދަވާ މަސައްކަތް ޝުކުރުވެރިކަމާއި އެކު ބަލައި ގަންނަކަމަށާއި އަދި މިފަދަ ހަރަކާތެއް އައްޑޫ ސިޓީގައި ބޭއްވިކަމަށްޓަކާ ރައިސްގެ އަނބިކަނބަލުންނަށް އެބޭފުޅުން ޝުކުރު އަދާކުރެއްވިއެވެ.