ޚަބަރު

ގިނަފަރާތްތަކުން ޓެކްސީ ކުރަނީ





 


ޓެކްސީ ތަކުގައި "       "  ހަރުކޮށްގެން ދުއްވަންފެށިތާ ހަފްތާއެއްވެފައިވާއިރު، ގިނަފަރާތްތަކުން ޓެކްސީ ކުރަނީ "ދިއްލޭ ބޯޑް" ހަރުކޮށްގެން ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.


 
އެމްބީސީ  ނިއުސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް އޮޕަރޭޝަން ޔުނިޓްގެ ހެޑް، ސަބްއިންސްޕެކްޓަރ އަޙްމަދު ހަނީފް ވިދާޅުވީ މިމަހުގެ ފަނަރަވަނަ ދުވަހުން ފެށިގެން ޓެކްސީތަކުގައި ދިއްލޭ ބޯޑުހަރުނުކޮގެން ފުލުހުން ފިޔަވަޅު އަޅާފައިވަނީ އެންމެ ފަރާތަކަށް ކަމަށެވެ. އަދި މިއީ އަލަށް އަމަލްކުރަން ފަށާފައިވާ ކަމަކަށްވާތީ ބޯޑު ދިއްލުމުގައި މައްސަލަތަކެއް ފާހަގަކުރެވިގެން އެކަމަށް ޑްރައިވަރުންނަށް ނަސޭހަތްތެރިވަމުންދާ ކަމަށެވެ.


 
ހަނީފް ވިދާޅުވީ، މިދިޔަ އެޕްރީލް މަހު އަމަލުކުރަންފެށި ޓެކްސީ ގަވާއިދުގައިވާ އެހެން ބައެއް ކަންކަން ފުރިހަމަނުވާތީ މިދިޔަ ހަފްތާއާއި ހަމަޔަށް ޓެކްސީކުރާ  156 ފަރާތަކާމެދު ފިޔަވަޅުއަޅާފައިވާ ކަމަށެވެ. އޭގެތެރެއިން 49 ފަރާތަކާމެދު ފިޔަވަޅު އަޅާފައިވަނީ، ޓެކްސީ ތެރޭގައި  ފެންނަގޮތަށް ލައިސަންސް ބަހައްޓާފައި ނެތުމުންނެވެ.


 
21 ފަރާތެއް ލައިސަންސް ނެތިގެން ޖޫރިމަނާކޮށްފައިވާއިރު، ޓެކްސީގެ އަރިމަތީގައި ސެންޓަރުގެ ނަމާއި ނަންބަރުނެތިގެން 29 ފަރާތެއް ޖޫރިމަނާ ކުރި ކަމަށް ހަނީފް ވިދާޅުވިއެވެ.


 
 


މާލޭގެ މަގުތަކުގައި ބެހެއްޓިފައިހުރި ޓެކްސީ ސްޓޭންޑްތަކުގެ ބޭނުން ހިފުމުގައި މިހާރަށްވުރެ ބޮޑަށް އާންމުން ހޭލުންތެރިވާން ޖެހޭކަމަށާއި، ޓެކްސީ ސްޓޭންޑްތަށް ނުހުންނަ މަގުތަކުން މީހުން ޓެކްސީތަކަށްއަރުވާ ބޭލުމުގައި ވީހާވެސް ހުސްޖާގަތަކަށް މަޑުކޮށް މަގުމަތީގެ ކާރުބާރު ބޮޑުނުވާނޭހެން ޑްރައިވަރުން އަމަލުކުރުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.