ޚަބަރު

އިންޖީނަށް މައްސަލައެއް ދިމާވެ މުޅި ތިނަދޫން ކަރަންޓް ހިނގައްޖެ


ގދ ތިނަދޫއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ އިންޖީނަށް މައްސަލައެއް ދިމާވެ، މުޅި ރަށުން ކަރަންޓް ކަނޑައިގެން ހިނގައްޖެއެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތުދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އައްސަދު ވިދާޅުވީ، އިންޖީނަށް މައްސަލައެއް ދިމާވެ މުޅިރަށުން ކަރަންޓް ކެނޑިފައިވަނީ މިރޭ ހަތެއްޖަހާ އެހާކަންހާއިރުކަމަށެވެ.

މިކަމާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މައުލޫމާތު ހިއްސާކުރަމުން ތިނަދޫ އިންޖީނުގެ ހިންގާ ފެނަކައިގެ އޮފިޝަލަކު ވިދާޅުވީ، ކަރަންޓް ކަނޑައިގެން ދިޔައީ ކަރަންޓް ދިނުމުގައި ބޭނުންކުރާ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކުންކަމަށެވެ. އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށާއި، ކުޑަ އިރުކޮޅެއްގެ ތެރޭގައި އަލުން ކަރަންޓް ދެވޭނޭކަމަށް އޮފިޝަލް ވިދާޅުވިއެވެ