ތަޢުލީމު

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ސްކޫލްތަކުގައި ފާހަގަކޮށްފި


ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ރާއްޖޭގެ އެކި ސްކޫލްތަކުގައި ފާހަގަކޮށްފިއެވެ.

މާދަރީބަހުގެ ދުވަސް ފާހަގަކުރުމަށް ދަރިވަރުން މިއަދު ސްކޫލަތަކަށް ގޮސްފައިވަނީ ދިވެހިވަންތަ ހެދުމުގައެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ ސްކޫލެއްގައިވެސް ޚާއްސަ އެސެމްބްލީއެއް ބާއްވާފައިވާއިރު، އެ އެސެމްބްލީތަކުގައި ވަނީ ދިވެހިވަންތަ ހަރަކާތްތައްކެއް ހުށައަޅާފައިވެއެވެ. މީގެ ތެރޭގައި ރައިވަރުކިޔުމާއި، ޅެމާ، ބަނދި ކިޔުންފަދަ ހަރަކާތްތައް ހިމެނެއެވެ. މީގެ އިތުރުން ބައެއް ސްކޫލްތަކުގައި އެކި ޤައުމުތަކުގެ ހަރަކާތްތަކެއްވެސް ހުށައަޅާފައިވެއެވެ. 

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަސް ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ފާހަގަކުރަން ޔުނެސްކޯއިން ނިންމީ 1999 ވަނަ އަހަރުގައެވެ. މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ އިންސާނުން ވާހަކަދައްކާ ބަސްބަހުގައި ހުރި ޚާއްޞަ ސިފަތައް ފާހަގަކޮށް ބަސްތައް ރައްކާތެރިކަމާއި މާދަރީ ބަހުން ތަޢުލީމް ދިނުމާ މެދު މީހުންގެ ހޭލުންތެރިކަން އިތުރު ކުރުމެވެ.