ކުޅިވަރު

ރަނގަޅަށް ވާންކޮށްލާފައި މިލަންދޫ ޓީމު ގެއްލިއްޖެ


މިނިވަން ޗެމްޕިއަންޝިޕުން ދިވެހި ޕްރެމިއާ ލީގަށް ކޮލިފައިވެ، ރަނގަޅު ނަތިޖާތަކެއް ހޯދުމަށްފަހު މި އަހަރުގެ މުބާރާތުގައި ވާދަނުކުރަން ށ. މިލަންދޫ ޓީމު ނިންމައިފިއެވެ.

އެ ޓީމަކީ މިނިވަން ޗެމްޕިއަންޝިޕުން މިދިޔަ އަހަރުގެ ދިވެހި ޕްރެމިއާ ލީގަށް ކޮލިފައިވި ހަތަރު ޓީމުގެ ތެރެއިން މި އަހަރުގެ މުބާރާތުގައި ބައިވެރިވި ނުވި ހަމައެކަނި ޓީމެވެ. އަނެއް ތިން ޓީމު ކަމަށްވާ މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ދ. ކުޑަހުވަދޫ އާއި ރަނރަޕް ގދ. ތިނަދޫ އަދި ސެމީ ފައިނަލުގައި ކުޅުނު އއ. މާޅޮސް މުބާރާތުގައި ބައިވެރިވިއެވެ.

މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވެފައިވަނީ ޖުމުލަ 56 ރަށަކުންނެވެ. މި ޓީމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޓީމަކީ ކ. ހުރާ އެވެ. މިއީ 90ގެ ތެރޭގަ އާއި 2000 ގެ ފަހުކޮޅާ ހަމައަށް ފުރަތަމަ ޑިވިޝަނުގައި ވިދާލި ކ. ހުރާގެ ޓީމެއް މިނިވަން ޗެމްޕިއަންޝިޕުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ކ. ހުރާގެ ހުއްރިއްޔާ 2007 ވަނަ އަހަރު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވި ފަހުން އެ ރަށުގެ ނަމުގައި ފެނިގެންދިޔަ ހަމައެކަނި ޓީމަކީ ދެ ވަނަ ޑިވިޝަނުގައި ވާދަކުރި ހުރަވީ ސްޕޯޓްސްއެވެ.

މިނިވަން ޗެމްޕިއަންޝިޕުގައި މި އަހަރު އެންމެ ގިނަ ޓީމު ބައިވެރިވީ ހދ. އަތޮޅުންނެވެ. އެ އަތޮޅުން ޖުމުލަ އަށް ރަށަކުން މުބާރާތުގައި ބައިވެރިވެފައިވާއިރު ރާއްޖޭގެ އެންމެ ބޮޑު އަތޮޅު ކަމަށްވާ ހުވަދު އަތޮޅުން ބައިވެރިވީ ގއ. އިން ދެ ޓީމު އަދި ގދ. އިން ތިން ޓީމެވެ. އައްޑޫ ސިޓީން ހަތަރު ޓީމު ބައިވެރިވިއިރު ފުވައްމުލަކުން ބައިވެރިވީ ދޫޑިގަން އެކަންޏެވެ. އަތޮޅު ފެންވަރުގައި ރާއްޖޭގައި މިހާރު ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ އަގުބޮޑު މުބާރާތް ބާއްވާ ނ. އަތޮޅުގެ 13 ރަށުގެ ތެރެއިން މުބާރާތުގައި ބައިވެރިވީ މާޅެންދު އާއި މަނަދޫ އެކަންޏެވެ.

މިނިވަން ޗެމްޕިއަންޝިޕުގައި ޓީމުތައް ބައިވެރިވެފައިވާގޮތް:

ހއ. އަތޮޅު: ދިއްދޫ، މުރައިދޫ، އިހަވަންދޫ

ހދ. އަތޮޅު: ހަނިމާދޫ، ކުޅުދުއްފުށި، ކުމުންދޫ، ނޮޅިވަރަންފަރު، ނެއްލައިދޫ، ފިނޭ، ނޮޅިވަރަންފަރު، ކުރިނބީ

ށ. އަތޮޅު: ފޯކައިދޫ، ފުނަދޫ، ފޭދޫ

ނ. އަތޮޅު: މާޅެންދޫ، މަނަދޫ

ރ. އަތޮޅު: މީދޫ، އުނގޫފާރު، އިންނަމާދޫ، އަލިފުށި

ބ. އަތޮޅު: އޭދަފުށި، ފެހެންދޫ

ޅ. އަތޮޅު: ނައިފަރު، ހިންނަވަރު

ކ. އަތޮޅު: ހުރާ، ހިންމަފުށި، ގުރައިދޫ، މާފުށި، ގުޅި

އއ. އަތޮޅު: މާޅޮސް

އދ. އަތޮޅު: ފެންފުށި

ވ. އަތޮޅު: ފުލިދޫ

މ. އަތޮޅު: މުލި، މުލަކު، ވޭވަށް، މަޑުއްވަރި

ފ. އަތޮޅު: ނިލަންދޫ، މަގޫދޫ

ދ. އަތޮޅު: ކުޑަހުވަދޫ، މީދޫ

ތ. އަތޮޅު: ތިމަރަފުށި، ވިލުފުށި، ބުރުނީ، ވަންދޫ، މަޑިފުށި

ލ. އަތޮޅު: މާބައިދޫ، ކުނަހަންދޫ

ގއ. އަތޮޅު: ކޮނޑޭ، ވިލިނގިލި

ގދ އަތޮޅު: ތިނަދޫ، ހޯނޑެއްދޫ، މަޑަވެލި

ފުވައްމުލައް: ދޫޑިގަން

އައްޑޫ ސިޓީ: ހިތަދޫ، ފޭދޫ، މަރަދޫ، މަރަދޫފޭދޫ