ޚަބަރު

މާދަމާ ރައްޔިތުންގެ މަޖްލީހުގެ ޖަލްސާއެއް ބާއްވަނީ


ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވޭ ދެވަނަ ޖަލްސާ މާދަމާ އޮންނާނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ. 

ރައްޔިތުން މަޖިލީހުގެ އިދާރާ އިން މިހާރުވަނީ މާދަމާ ރައްޔިތުން މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ޖަލްސާއެއް އޮންނާނެ ކަން އަންގާފައެވެ. ޖަލްސާ ފަށާނެ ގަޑިއާއި، ޖަލްސާގެ އެޖެންޑާ އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ހާމަކޮށްފައެއްނުވެއެވެ.

މިރޭ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޯނު މެދުވެރިކޮށްދެއްވި މެސެޖެއްގައި މަޖްލީހުގެ ރައީސް ޢަބްދުﷲ މަސީޙުވަނީ ދައުރުން ބޭރުގެ ޖަލްސާއަކަށް ތައްޔާރުވަމުންދާކަމަށް ވިދާޅުވެފައެވެ.