ޚަބަރު

ހުޅުމާލެއާ މާލެއާ ދެމެދު ދަތުރުކުރަން ލޯންޗް ގެންނަނީ


ހުޅުމަލެއާއި މާލެއާއި ދެމެދު ބޭނުންކުރާ ފެރީތަކުގެ ބަދަލުގައި ދަތުުރުތަކުގައި ބޭނުންކުރުމަށް ލޯންޗު ގެންނަން މަސައްކަތްކުރަމުންދާކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން މާލެއާއި ހުޅުމާލެއާއި ދެމެދު ދެމުންދާ ފެރީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން މިހާރު ބޭނުންކުރާ ފެރީތައް އިތުރުކުރުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. 

މިއީ ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާއިރު އެކަމަށް އެކަށޭނެ ޚިދުމަތެއް ދިނުމަށް މިހާރު ބޭނުންކުރާ ފެރީތައް މަދުވުމުގެ ސަބަބުންނެވެ. އެގޮތުން އެމްޓީސީސީގެ ފެރީ ފްލީޓް އިތުރަށް ފުޅާކުރުމަށް  މަސައްކަތްކުރަމުންދާކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވިއެވެ.

"މީގެ ކުރިންވެސް ވާނީ އިތުރު ފެރީތައް ގެންނަވާހަކަ ދައްކާފައި. މިހާރު މިބަލަނީ ފެރީތައް އިތުރުކުރާއިރު މާލެއާއި ހުޅުމާލެއާއި ދެމެދު ދަތުރުކުރުމަށް ލޯންޗުތައް ގެނައުމުގެ މަސައްކަތް މިހާރުދަނީ ކުރަމުން. މިއީ މިސަރަޙައްދުގައި އެމްޓީސީސީން ދެމުންދަ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި." އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވިއެވެ.

ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާއިރު އާބާދީއަށް ފުރިހަމަ ޚިދުމަތް ދިނުމަށް އެކުންފުނިންދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު 3 ފެރީ ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށް އެކުންފުނިންބުނެއެވެ.