ކުޅިވަރު

އެފްއޭކަޕުގެ ކުއާޓާ ފައިނަލުގައި ޔުނައިޓެޑާއި ބްރައިޓަން


އިނގިރޭސި އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން ވާދަކުރަން ޖެހިއްޖެއެވެ.

މި ދެ ޓީމަކީ 1983 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކުރި ދެ ޓީމެވެ. މި ފައިނަލް މެޗުގެ ފުރަތަމަ ދުވަހު ދެ ޓީމު 2-2 ން އެއްވަރުވުމުން ކުޅުނު ދެ ވަނަ ފައިނަލް މެޗު ޔުނައިޓެޑް ކާމިޔާބު ކުރީ 4-0 ނެވެ. އޭގެ ފަހުން ފުރަތަމަ ފަހަރަށް ދެ ބައި މީހުން މި މުބާރާތުގައި ވާދަކުރާއިރު ޔުނައިޓެޑަކީ ހުރިހާ ގޮތަކުން އަރާ އަރަފޯރިގެންވާ ޓީމެކެވެ.

މި އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ޔުނައިޓެޑް ރޭ ޖާގަ ހޯދީ ހަޑާސްފީލްޑް 2-0 ން ބަލިކޮށްގެންނެވެ. ދެ ލަނޑު ޖެހީ ރޮމެލޫ ލުކާކޫ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ވާދަކުރަން ޖެހެނީ ލެސްޓާ ސިޓީއާއެވެ.

ޓޮޓެންހަމް ވާދަކުރަން ޖެހޭނީ ސްވަންސީ އާއި ޝެފީލްޑް ޔުނައިޓެޑް ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ. ވިގަން އާއި މެންޗެސްޓާ ސިޓީ ކުޅޭ މެޗުން މޮޅުވާ ޓީމެއް ނުކުންނަނީ ސައުތެމްޓަނާ ދެކޮޅަށެވެ.