ޚަބަރު

އައްޑޫ ސިޓީގެ އޮޑިޝަންތައް މިރޭ ނިންމާލައިފި


މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ އައްޑޫ ސިޓީގެ އޮޑިޝަންތައް މިރޭ ނިންމާލައިފިއެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ އައްޑޫ ސިޓީގެ އޮޑިޝަން ނިންމާލާފައިވާއިރު، މާލޭ ސިޓީގެ އޮޑިޝަންތަކުގެ ޝޯވތައް ނިންމާލާފައިވަނީ ރެ އެވެ.

އައްޑޫ ސިޓީގެ އޮޑިޝަން މިރޭ ނިންމާލިއިރު، މި ރޭގެ ޝޯ ވަރަށް ފުރިހަމަ ކަމަށް ޝޯޝަލް މީޑިއާގައި މީހުން ޝުއޫރު ފާޅުކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އައްޑޫ ސިޓީގެ އޮޑިޝަން ކުރިއަށްގެންގޮސްފައިވަނީ، އެ ސިޓީގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހުގައެވެ.

އައްޑޫ ސިޓީގެ އޮޑިޝަނަށްފަހު މާދަމާ ރޭ ރ. އުނގޫފާރު އޮޑިޝަން ދައްކާނެއެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ މާލޭ ސިޓީ އަދި އައްޑޫސިޓީގެ އޮޑިޝަން ނިމުނުއިރު، ޝޯވގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ކުރިއަށްއޮތް ތިއޭޓަރ ރައުންޑަށް ދަތުރުކޮށްފައިވަނީ 27 ބައިވެރިންނެވެ.

މޯލްޑިވިއަން އައިޑަލްގެ ކާމިޔާބު 2 ސީޒަނަށްފަހު، ތިން ވަނަ ސީޒަންވެސް ބެލުންތެރިންނާއި ބައްދަލުކުރީ ބޮޑެތި ސަޕްރައިޒްތަކަކާއި، ބަދަލުތަކަކާއެކުގައެވެ. އެގޮތުން މިފަހަރުގެ ސީޒަނުން ފެނިގެންދިޔަ އެންމެ ބޮޑު ބަދަލަކީ ކުރީގެ 2 ސީޒަނާއި ޚިލާފަށް ޖަޖުންގެ ޕެނަލް ތިނަކުން ހަތަރަކަށް އިތުރުވުމެވެ. މިއީވެސް މި ޝޯވ އިތުރަށް ކޮލެޓީވެ، ބައިވެރިންނަށްވެސް އިތުރު ޗެލެންޖެއް ގެނުވާނެކަމެއްކަން ޔަޤީނެވެ. ސަބަބަކީ މިފަހަރުގެ ސީޒަންގައި ކުރިއަށްހުރި ރައުންޑްތަކަށް ދަތުރުކުރެވޭނީ ޖަޖުންގެ ޕެނަލުން މަދުވެގެން 3 ޖަޖުންގެ އާނ ބަހާއެކު ކަމަށްވާތީއެވެ.

މިފަހަރުގެ ސީޒަނަށް ޖަޖުންގެ ޕެނަލާއި މުޅިން އަލަށް ގުޅުނީ ރާއްޖޭގެ މިއުޒިކީދާއިރާގެ މަޝްހޫރު ފަންނާނެއްކަމަށްވާ ޒާރާ މުޖުތަބާއެވެ. އަދި ޝޯވގެ ދެވަނަ ޕްރެޒެންޓަރެއްގެ ގޮތުގައި މޫސާ ވަސީމާއެކު އާމޫނެއްގެ ގޮތުގައި ފެނިގެންދިޔައީ ޝައިނާ ޝަރީފް. މީގެއިތުރުން ތިއޭޓަރ ރައުންޑްގެ ގްރޫޕް ޕަރފޯމެންސް ދޫކޮށްލުމަށްފަހު އެރައުންޑްގެ ސޯލޯ ޕަރފޯމެންސްގައި ޕަރފޯމްކުރުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެންދާ "ގޯލްޑަން މައިކް"ވެސް މިފަހަރުގެ ސީޒަންގައި ވަނީ ތަޢާރަފުކޮށްފައެވެ.