ޚަބަރު

މޯލްޑިވްސް ބެލްޓިކް ރޯޑް ޝޯވް މާރޗް މަހު ބާއްވަނީ!


ޔޫރަޕްގެ ބަލްޓިކް ސަރަޙައްދުގައި ރާއްޖެގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ބާއްވާ ފުރަތަމަ ރޯޑްޝޯ، ބާއްވަން އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް، އާޓާއިން ނިންމައިފިއެވެ. 

އާޓާއިން ބުނިގޮތުގައި އެޖަމްޢިއްޔާއިން އިސްނަގައިގެން އަންނަ މާރޗްމަހުގެ 20އިން 22އަށް ޔޫރަޕްގެ ބަލްޓިކް ސަރަހައްދުގެ ލުތުވޭނިއާ، ލެޓްވިއާ އަދި އެސްޓޯނިއާގައި "މޯލްޑިވްސް ބަލްޓިކް ރޯޑްޝޯވ"ގެ ނަމުގައި ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. 

މިއީ ރާއްޖެގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް އެޖަމްޢިއްޔާއިން ބާއްވާ ރޯޑްޝޯވތަކެއް ކަމަށާ، މީގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށްވެސް އާޓާއިން ބުނެއެވެ.

މޯލްޑިވްސް ބެލްޓިކް ރޯޑްޝޯވގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުން މިމަހުގެ 28 ނިޔަލަށް މިކަމަށް އެދި ހުށަހެޅޭނެކަމަށް އާޓާއިން ބުނެއެވެ. އަދި މިކަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އާޓާގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމް ހުށަހެޅޭނެކަމަށްވެސް އެޖަމްޢިއްޔާއިން ބުނެއެވެ.