ޚަބަރު

2 ރަށަކުން ބޯފެން ހުސްވެގެން ރިޕޯޓުކޮށްފި-





ހއ. އިހަވަންދޫއާއި ރ.އަލިފުށިން ބޯފެން ހުސްވެގެން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ފެން ފޯރުކޮށްދޭން މަސައްކަތްކުރަމުންދާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރުން ބުނެފިއެވެ.


 
ބޯފެން ހުސްވެގެން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ރިޕޯޓުކޮށްފައިވާ ހއ. އިހަވަންދޫއާ ރ.އަލިފުށްޓަށް ފެން ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް މިހާރު ބީލަމަށް ލާފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރުން މައުލޫމާތުދެއެވެ. އަދި މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކާއެކު މިއަދު ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރުން މައުލޫމާތުދެއެވެ.


 
އިރުވައި މޫސުމުގެ ހޫނު ދުވަސްވަރާ ދިމާކޮށް ގިނަ ރަށްރަށުން ބޯފެން ހުސްވެގެން މިއަހަރުގެ ކުރީކޮޅުވެސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ އެރަށްތަކަށް ފެން ފޯރުކޮށްދީފައެވެ.


 


މީގެއިތުރުން ބޯފެނުގެ މައްސަލަ ޙައްލުކުރުމަށް ރަށްރަށުގައި ޤާއިމްކޮށްފައި ހުރި ފެންޕްލާންޓުތަކުގެ ތެރެއިން ހަރަށެއްގައި ޤާއިމްކޮށްފައި ހުރި ފެން ޕްލާންޓުތައް މަރާމާތުކޮށް ނިމިފައިވާއިރު، ތިން ރަށެއްގައި މިހާރު ދަނީ ފެން ޕްލާންޓު ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހއ.އިހަވަންދޫއާއި، އދ. މަހިބަދޫ އަދި ގދ.ގައްދޫއެވެ.