ވިޔަފާރި

މިދިޔަމަހު ރިޒާވަށް 21.8 މިލިއަން ރުފިޔާ އިތުރުވި


މިދިޔަ ޖެނުއަރީ މަހު މަރުކަޒީ ބޭންކްގެ ރިޒާވަށް އެކާވީސް ފޮއިންޓް އަށެއް މިލިއަން ރުފިޔާ އިތުރުވެއްޖެއެވެ. މީ އޭގެ ކުރީ މަހާއި އަޅާ ބަލާއިރު ފަހެއް ޕޮއިންޓް ތިނެއްގެ އިންސައްތައިގެ ކުރިއެރުމެކެވެ.މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފއިވާ މަލީ ބަޔާނުގައިވާ ގޮތުން މިދިޔަ މަސް ނިމުނުއިރު، އެމްއެމްއޭގެ ރިޒާވް ވަނީ 409.7 މިލިއަން ރުފިޔާއަށް އަރާފައެވެ. ޖެނުއަރީމަހު އެމްއެމްއޭގެ ރިޒާވް ވަނީ 21.8 މިލިއަން ރުފިޔާ އިތުރުވެފައެވެ.

ޑިސެމްބަރު މަސް ނިމުނުއިރު އެބޭންކްގެ ރިޒާވް ހުރީ 387.4 މިލިއަން ރުފިޔާގައެވެ.

މިދިޔަ މަހު އެމްއެމްއޭގެ ރިޒާވް އިތުރުވެފައިވާއިރު، 2017 ވަނަ އަހަރު ނިމުނުއިރު އެބޭންކްގެ  ޔޫސަބަލް ރިޒާވްގެ ގޮތުގައި ހުރި އަދަދުވެސް ވަނީ އިތުރުވެފައެވެ.

އެމްއެމްއޭއިން ނެރެފައިވާ އެންމެފަހުގެ އިޤްތިޞާދީ މުރާޖައާ ރިޕޯޓުން ދައްކާގޮތުން 2017ވަނަ އަހަރު ނިމުނުއިރު، ރަސްމީ ރިޒާވްގެ ތެރެއިން ޔޫސަބަލް ރިޒާވް، ނުވަތަ ބޭރުފައިސާގެ އެކިއެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް އެމްއެމްއޭއިން ބޭނުންކުރުމަށް ބަހައްޓާފައި ހުންނަ ރިޒާވް ހުރީ 206.4 މިލިއަން ޑޮލަރުގައެވެ.