ޚަބަރު

އިޓަލީގެ ބިޓް ފެއަރގައި ރާއްޖެ ތަމްސީލްކޮށްފި


އިޓަލީގައި ކުރިޔަށްދިޔަ އިންޓަރނޭޝަނަލް ޓުއަރިޒަމް އެކްސްޗޭންޖް ފެއަރގައި ރާއްޖެ ތަމްސީލްކޮށްފިއެވެ.

މިފެއަރއަކީ ބޮސްރާ އިންޓާރނޭޝަނާލް ޑެލް ޓޫރިޒިމީ، ބިޓްގެ ނަމުގައި އިޓަލީއިން ބާއްވާ ފެއަރ އެކެވެ. މިއީ އެޤައުމުން ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއަރއެވެ. މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީއިން ބުނީ 9 ކުންފުންޏަކުން 19 އޮފިޝަލެއް ރާއްޖެ ތަމްސީލްކުރުމުގައި ބިޓް ފެއަރގައި ބައިވެރިވެފައިވާކަމަށެވެ. 

އިޓަލީއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެކެވެ. މިގޮތުން 2017ވަނަ އަހަރު އެކަނިވެސް އިޓަލީއިން ރާއްޖެއަށް 88000 އަށްވުރެ ގިނަ ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިފެއަރގެ ޒަރިއްޔާއިން އިޓަލީއާ ޔޫރަޕްގެ ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް ބޭރުގެ ފަތުރުވެރިކަމުގެ ދައިރާގެ އެކިއެކި ފަރާތްތަކާއެކު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އެމް.އެމް.ޕީ.އާރު.ސީއިން މައުލޫމާތުދެއެވެ.