ޚަބަރު

މެންބަރު ސިނާން އަމިއްލައަށް ފުލުހުންނާއި ހަވާލުވެއްޖެ


ފުލުހުން ހޯދުމުން ދިޔަ ރައްޔިތުން މަޖިލީހުގެ ދެ މެންބަރުންގެ ތެރެއިން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އަމިއްލައަށް ފުލުހުންނާއި ހަވާލުވެއްޖެއެވެ. 

ފުލުހުން ހޯދަން އިއުލާންކޮށްފައިވާ އަނެއް މެންބަރަކީ ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދުއެވެ. މި ދެ މެންބަރުން ހޯދުމަށް ފުލުހުން އިއުލާންކުރީ މިއަދު ހަވީރު 16:25 ގައެވެ. ފުލުުހުން ބުނީ ސިނާން އަމިއްލައަށް ފުލުހުންގެ އިދާރާއަށް މިއަދު ހަވީރު 17:49 ގައި ހާޒިރުވެފައިވާކަމަށެވެ. 

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނެފއިވަނީ އިލްހާމާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދޭކަމަށެވެ.

ރިޝްވަތުގެ ތުހުމަތުގައި ބަލަމުންދާ މައްސަލައަކާއި ގުޅިގެން އިލްހާމާއި ސިނާން ހޯދުމަށް މިދިޔަ މަހުގެ 31 ވަނަދުވަުވެސް ފުލުހުން އިއުލާންކޮށްފައިވެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު މި ދެ މެންބަރުން ރާއްޖެވަޑައިގެންފައިވަނީ މި މަހުގެ އެއްވަނަދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރަށްފަހުއެވެ. މި ދެ މެންބަރުން މިމަހުގެ ހަތަރުވަނަދުވަހު މާލެ އައުމުން އެއަރޕޯޓުންވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ އިލްހާމާއި ސިނާންވެސް ވަނީ މިިނވަންކޮށްފައެވެ.