ޚަބަރު

އިލްހާމާއި ސިނާން ހޯދަން ފުލުހުން އިއުލާންކޮށްފި


ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ. ފުލުހުން ބުނީ އިލްހާމާއި ސިނާން ހޯދަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެންކަމަށެވެ. 

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނެފއިވަނީ އިލްހާމާއި ސިނާނާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދޭކަމަށެވެ.

ރިޝްވަތުގެ ތުހުމަތުގައި ބަލަމުންދާ މައްސަލައަކާއި ގުޅިގެން އިލްހާމާއި ސިނާން ހޯދުމަށް މިދިޔަ މަހުގެ 31 ވަނަދުވަުވެސް ފުލުހުން އިއުލާންކޮށްފައިވެއެވެ. ގިނަދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު މި ދެ މެންބަރުން ރާއްޖެވަޑައިގެންފައިވަނީ މި މަހުގެ އެއްވަނަދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރަށްފަހުއެވެ. މި ދެ މެންބަރުން މިމަހުގެ ހަތަރުވަނަދުވަހު މާލެ އައުމުން އެއަރޕޯޓުންވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ އިލްހާމާއި ސިނާންވެސް ވަނީ މިިނވަންކޮށްފައެވެ.