ކުޅިވަރު

ކުއްލި ހާލަތުގެ ސަބަބުން ނިއު - ޓީސީ މެޗު ފަސްކޮށްފި


މިރޭ ކުޅެން ހަމަޖައްސާފައި އޮތް މި އަހަރުގެ ސީޒަން ހުޅުވާ މެޗު ދިވެހިރާއްޖޭގައި ކުއްލި ހާލަތު އިއުލާނުކުރުމާ ގުޅިގެން މުއްދަތެއް ނެތި ފަސްކޮށްފިއެވެ.

އެފްއޭއެމުން ބުނީ ހުސްވި އަހަރުގެ ދިވެހި ލީގު ޗެމްޕިއަން ނިއުރޭޑިއަންޓާއި ދިވެހި ލީގުގެ ދެ ވަނަ ހޯދި ޓީސީ ބައްދަލުކުރާ މެޗު ކުޅޭނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

ރާއްޖޭގައި ކުއްލި ހާލަތު ރޭ އިއުލާނުކުރީ 15 ދުވަހަށެވެ. މި މުއްދަތުގެ ތެރޭގައި ސަރަހައްދީ ފުޓްބޯޅަ އިދާރާ އޭއެފްސީ ކަޕުގެ ކޮލިފައިން މެޗެއްވެސް ރާއްޖޭގައި ކުޅެން ކުރިން އޮތީ ހަމަޖައްސައިފައެވެ. ނަމަވެސް ޓީސީ އާއި އިންޑިޔާގެ ބެންގަލޫރު އެފްސީ މި މަހުގެ 13 ވަނަ ދުވަހު ކުޅޭ މެޗާމެދު އަކި ވަކި ގޮތެއް ނުނިންމަ އެވެ. އެފްއޭއެމުން ބުނީ މި މެޗު ކުޅޭނެ ދުވަހަކާމެދު ގޮތެއް ނިންމާނީ އޭއެފްސީއާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.