ޚަބަރު

ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކޮށްފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކޮށްފިއެވެ. 

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނީ 15 ދުވަހުގެ މުއްދަތަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސް އެއްގައި މިކަން ޢިއުލާން ކުރެއްވީ އެއޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރެވެ.

ގާނޫނު އާސާސީން ހިފަހައްޓާފައިވާ މާއްދާތައް 

24 ވަނަ މާއްދާ ޒާތީ ދިރިއުޅުން

29 ވަނަ މައްދާ މައުލޫމާތު ހޯދާ ލިބިގަތުމުގެ މިނިވަންކަން

31 ވަނަ މާއްދާ ހަޅުތާލުކުރުމުހެ ޙައްގު

32 ވަނަ މައްދާ އެއްވެ އުޅޫމުގެ މިނިވަންކަން

43 ވަނަ މާއްދާ އަދުލުވެރިކަމާއިއެކު  ފިޔަވަޅު އެޅުން 

44 ވަނަ މާއްދާ ޝަހުޞީ ޒިންމާ

45 ވަނަ މާއްދާ  ޤާނޫނާއި ހިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުން

46 ވަނަ މައްދާ ހައްޔަރުކުރުމާއި ބަންދުކުރުމުގެ ބާރު47 މާއްދާ ހިފެހެއްޓުމާއި ފާސްކުރުމާއި މުދާއަތުލުން 

49ވަނަ މާއްދާ ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުން 

50ވަނަ މައްދާ އަވަހަށް މައްސަލަތައް ތަހުޤީޤުކުރުން

56ވަނަ މައްދާ އިސްތިއުނާށފު ކުރުމުހެ ހައްޤު 

58ވަނަ މާއްދާ ބަދަލު ލިބިދިނުން 

65ވަނަ މައްދާ ހައްލު ހޯދުމަށްޓަކައި ދައުވާކުރުމުގެ ހައްޤު 

99ވަނަ މާއްދާ މީހުން ހާޒިރުކުރުން 

100ވަނަ މައްދާ  ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަޤާމުން ވަކިކުރުން

101ވަނަ މައްދާ ވަޒީރުން މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓް

113ވަނަ މާއްދާ ސުޕްރީމްކޯޓްގެ ނިންމުން 

145ވަނަ މާއްދާ ސުޕްރީމްކޯޓް

228 ވަނަ މާއްދާ ޕްރޮސެކިއުޓަރ ޖެނަރަލް މަޤާމުން ވަކިކުރުން

 ޖިނާއީ އިޖްރާތުގެ ޤާނޫނު

ކޯޓްތަކާއި ބެހޭ ޤާނޫނުގެ 

12 ވަނަ މާއްދާ ފަނޑިޔާރުންނަށް ލިބިދޭ އިމްތިޔާޒު

14 ވަނަ މައްދާ ފަނީޔާރަކާއި މެދު އެއްވެސް ފިޔަވަޅެއް އަޅާނަމަ އެ މައުލޫމާތު ފަނޑިޔާރަށް ލިބުން 

ކުއްލިނުރައްކަލުގެ ޙާލަތު ޢިއުލާންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރުގައިވަނީ ޤާނޫނު އަސީން ލިބިދީފައިވާ ބައެއް ޙައްޤުތައް ހިފަހައްޓައިފައެވެ. މި ޙާލަތުގައި ވަގުތީގޮތުން ހުއްޓާލި ޤާނޫނުތަކުގެތެރޭގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ފަނޑިޔާރުންގެ ޤާނޫނުގެ 12 ވަނަ މާއްދާއާއި 14 ވަނަ މާއްދާއާއި ފަނޑިޔާރުންނަށް ލިބިދޭ އިމްތިޔާޒު ތަކާއި ފަނޑިޔާރަކާ މެދު އެއްވެސް ފިޔަވަޅެއް އަޅާނަމަ އެ މައުލޫމާތު ފަނޑިޔާރަށް ލިބެންޖެހޭކަމަށް ކަނޑައަޅާފައި އޮންނަ މާއްދާ ހިމެނެއެވެ.