ސިއްހަތު

ރަހިމުގެ ކެންސަރަށް ޓެސްޓް ކުރުމުގެ ހަރަކާތްތަކެއް ހިންގައިފި


ދުނިޔޭގެ ކެންސަރުބަލީގެ ދުވަހާ ގުޅުވައިގެން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ރަހިމުގެ ކެންސަރަށް ޓެސްޓްކުރުމުގެ ޙަރަކާތްތަކެއް ހިންގައިފިއެވެ. 

މިއީ އެހޮސްޕިޓަލުގެ އޮބްސްޓެޓްރިކް އެންޑް ގައިނެކޮލޮޖީ ޑިޕާޓްމަންޓުން ރާވައިގެން ކުރިޔަށް ގެންދިޔަ ޙަރަކާތެކެވެ. މިއަދު މެންދުރުފަހު ދޭކުން ހަވީރު ހަތަރަކަށްކުރިޔަށް ދިޔަ މިޙަރަކާތުގައި އެޕޮއިންޓްމަންޓަކާ ނުލައި އާސަންދައިގެ ދަށުން ސާރވިކަލް ކެންސަރު، ނުވަތަ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް މީހުން ޓެސްޓްކޮށްދީފައިވެއެވެ. 

އައި.ޖީ.އެމް.އެޗުން ބުނީ މިއަދު ޓެސްޓްކުރި މީހުންގެ ތެރެއިން އިތުރުމައްސަލަތައް ފާހަގަވި މީހުންނަށް ބޭނުންވާ ފަރުވާ އެހޮސްޕިޓަލުގެ ވެލް ވުމަން ކުލިނިކުމެދުވެރިކޮށް ލިބޭނެކަމަށެވެ. ދުނިޔޭގެ ކެންސަރު ދުވަހާ ގުޅުވައިގެން އައި.ޖީ.އެމް.އެޗްގެ އެކި ޑިޕާޓްމަންޓްތަކުން ތަފާތު އެކި ޙަރަކާތްތައް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުންމިދިޔަ ހަފްތާތެރޭގައި ކެންސަރ އެވެއަރނަސް ވީކެއް ފާހަގަކޮށް، ގިނަ ޢަދަދެއްގެ ޢާންމުންނަށް ކެންސަރާ ބެހޭ ގިނަ މަޢުލޫމާތު ދީފައިވާކަމަށް އައި.ޖީ.އެމް.އެޗުން ބުނެއެވެ.