ޚަބަރު

މިހުންނެވީ ރައީސް ޔާމީނާއިއެކު ސާބިތުކަމާއިއެކު: ނާއިބު ރައީސް


ސަރުކާރަކީ ބަޣާވާތް ކޮށްގެން މަގުމަތިން ވައްޓާލާ އެއްޗެއް ނޫން ކަމަށް ރައީސުލްޖުމްޙޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ނާއިބު ރައީސް ޖިހާދު ވިދާޅުވީ އެމަނިކުފާނު ހުންނެވީ ވަރަށް ސާބިތުކަމާއި އެކު ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީންގެ އަރިހުގައި ކަމަށެވެ. ޖިހާދު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ޤައުމުގެ ސުލްޙަ މަސަލަސްކަން ރައީސް ޔާމީންގެ ޒަޢާމަތުގައި ދަމަހައްޓާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ބޭއްވުމަށް ދިވެހި އެންމެހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

ނާއިބު ރައީސް ޖިހާދު މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ފަރާތްތަކުން ނާއިބު ރައީސް ޖިހާދުވެސް ސަރުކާރާ ދެކޮޅަށް ހުންނެވި ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައި ވަނިކޮށެވެ.