ޚަބަރު

ޒުވާނުންތިބީ ރައިސް ޔާމީނާއެކު- ޕީޕީއެމް ޔޫތް ވިންގް


އަމިއްލަ މަންފާ ކުރިއަށް ނެރެ އަމިއްލަ އެދުމުގައި އިދިކޮޅު ފަރާތްތަކުން މަގުތަކަށް ނިކުމެ ހިންގަމުންދާ ޙަރަކާތްތައް ޕީޕީއެމްގެ ޔޫތް ވިންގުން ކުށްވެރިކޮށްފި. އަދި މިޙަރަކާތްތައް ވަގުތުން ހުއްޓަލުމަށް އިދިކޮޅުފަރާތްތަކަށް ޕީޕީއެމްގެ ޒުވަނުންވަނީ ގޮވާލާފައި.

އިދިކޮޅު ފަރާތްތަކުން މަލޭގެ މަގުތަކަށް ނިކުމެ ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޕީޕީއެމްގެ ޔޫތް ވިންގުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެޕާޓީގެ ފަރާތުން ވާހަކަދެއްކި ޒުވާނުން ބުނެފައިވަނީ އިދިކޮޅު ފަރާތްތަކުން ދަނީ ރައިސް ޔާމީން ޒުވާނުންނަށް ކޮށްދެއްވަމުންދާ ކަންކަން އޮޅުވާލުމަށް މަސައްކަތްކުރަމުންކަމަށް. އެހެން ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައިސް ޢަބްދުﷲ ޔާމީން ކޮށްދެއްވާފައިވާ ތަރައްޤީގެ ކަންކަން ޒުވާނުންނަށް ވަރަށް ރަނގަޅަށް އެނގޭކަމަށް. ޕީޕީއެމްގެ ޒުވާނުން ވަނީ ޕްރެސްގައި ރައިސް ޔާމީންގެ ތަރައްޤީގެ އެޖެންޑަރ ގައި ޒުވާނުންގެ ފުރިހަމަ އެއްބާރުލުން އޮންނާނެކަން ހަމަކޮށްފައި.

"ރައީސް ޔާމީންގެ ސަރުކާރުން ޒުވާނުންނަށްޓަކާ ގިނަ ގުނަ މަސައްކަތްތަކެއްކޮށްދީ ރާއްޖޭގެ ތާރީޚު ނުދެކޭފަދަ ބޮޑެތި ކަންތައްތައް ރާއްޖޭގެ ކަންކޮޅުތަކުގައި ޒުވާނުންނަށްޓަކާ ކުރެވެމުންދާ ދަނޑިވަޅެއްގައި އަމިއްލަ ފައިދާއަށްޓަކާ ސަރުކާރަށް އުންދަނގޫކޮށް އިދިކޮޅު ފަރާތްތަކުން މިއަދު ކުރި ކަންތައްތަކާ ރާވައިގެން ގެންދާ ކަންތައްތައް ޒުވާނުން އެންމެ ހަރުކަށި އިބާރަތުން ކުށްވެރިކޮށް އެކަންކަން ހުއްޓާލުމަށް ޕާތީގެ ޒުވާނުންގެ ހަރަކާތުން ގޮވާލަން."

ރައިސް ޔާމީނާއެކު ތިބިކަން ހާމަކުރުމަށް ޒުވާނުން ބޭއްވި ޕްރެސްގައި އެޕަރޓީން ބުނީ އިދިކޮޅު ފަރާތްތަކުން މީގެ ކުރިންވެސް މިފަދަ ޙަރަކާތްތައް ކުރިއަށް ގެންދިޔަކަމަށާއި އެފަހަރުތަކުގައިވެސް ހުރިހާ ދެރައެއް ލިބުނީ ޒުވާނުންނަށް ކަމަށް. ޕީޕީއެމްގެ ޒުވާނުންގެ ގޮފިން ބުނީ އިދިކޮޅު ފަރާތްތަކުން ޒުވާނުން ބޭނުންކުރަނީ މިފަދަ ޚަރަކާތްތަކުގައި ހަނގުރާމަވެރިންގެ ގޮތުގައިކަމަށް.

"ދިވެހި ޒުވާނުން ކުރިއަރަން ބޭނުންވާ ކޮންމެ ކަމެއްކުރުމަށް ރާއްޖޭގެ ހުރިހާ މުައްސަސާއަކުން ޒުވާނުންނަށް ޓާގެޓު ވެފައިވާ އޮތްމިންވަރަކީ ދުވަހަކުވެސް ރާއްޖޭގެ ސަރުކާރަކުން ވޭތުވެރދިޔަ 30 އަހަރާއި އޭގެ ފަހުން އައި 2 އަހަރާއި 3 އަހަރުތެރޭ އެއްވެސް ސަރުކާރަކުން ނުކުރާވަރަށް މިވޭތުވެދިޔަ 4 އަހަރުދުވަހު މިސަރުކާރުން ކޮށްފައިވާކަމަކީ ޒުވާނުން ޝައްކު ކުރާކަމެއް ނޫން."

އިދިކޮޅު ފަރާތްތަކުން މަގުތަކަށް ނިކުމެ ހިންގަމުންގެންދާ ހަމަނުޖެހުންތަކާ ގުޅިގެން ބޭއްވި ޕީޕީއެމްގެ ޒުވާނުން ބޭއްވި ޕްރެސްގައި އެޕަރޓީގެ އަންހެނުންގެ ގޮފިން ބުނީ މިސަރުކާރުންވަނީ އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިކަމަށާއި މިހާރުވެސް ދަނީ ކުރަމުންކަމަށް.

"މި ސަރުކާރުން ވަނީ އަންހެނުންނަށްޓަކާ ވަރަށް ގިނަގުނަ ކަންތައްތައް ކޮށްދީފައި. އެގޮތުން ސަރުކާރުގެ ތެރެއިންނާއި ކުންފުނިތަކުގެ ބޯޑުތަކުގަ އަންހެނުންގެ ދައުރު މިވަނީ ވަރަށް ބޮޑަށް ފުޅާކޮށްދީފައި. ސިޔާސީމައިދާނުގައި ކުރިއަށްއެރުމަށްޓަކާ ގިނަ ގުނަ މަސައްކަތްތަކެއްވަނީ ކޮށޤދެއްވާފައި. އެއްވެސް ސަރުކާރަކުން މިކަހަލަ ކަންކަންކޮށްދީފައެއް ނުވޭ."

ރައިސް ޔާމީންގެ ސަރުކާރުން ފާއިތުވި އަހަރުތަކުގައި ކޮށްފައިވާ ވަރަށް ޒުވާނުން ތަރައްޤީކުރުމަށް އެއްވެސް ސަރުކާރަކުން މަސައްކަތްކޮށްފައިނުވާކަން ޒުވާނުންނަށް މިއަދު އިނގޭކަމަށް ޕީޕީއެމްގެ ޔޫތްވިންގުން ބުނޭ. އަދި ކުރިއަށް އޮތްތަނުގައިވެސް ރައިސްއާއެކު ތިބިކަމަށް އެޕާޓީގެ ޒުވަނުންވަނީ ޔަގީންކަން ދީފައި.