ދުނިޔެ

ބޯޓުދެލި ނަގާ މައިން ގޮވުމުގެ ހާދިޘާގައި މަރުވި މީހުންގެ ޢަދަދު، 270ށް





 


މިދިޔަ އަންގާރަ ދުވަހު ތުރުކީވިލާތުގައި ހިނގި، ބޯޓުދެލި ނަގާ މައިން ގޮވުމުގެ ހާދިޘާގައި މަރުވި މީހުންގެ ޢަދަދު، ދުއިސައްތަ ހަތްދިހަޔަށްވުރެ މައްޗަށް އަރައިފިއެވެ.


 
ދިރިހުއްޓާ އިތުރު މީހަކު ފެނުމުގެ ޢުއްމީދު މިހާރު ފަނޑުވަމުންދާއިރު، ދުއިސައްތަ ހަތަރު މީހުން މަރުވެފައިކަން ކަށަވަރު ކުރެވޭ ކަމަށް ބައިނަލްއަޤްވާމީ ޚަބަރުތައް ބުނެއެވެ. ތުރުކީވިލާތުގެ ސިނާޢީ ތާރީޚުގައި ހިނގި އެންމެ ނުރައްކާތެރި ހާދިޘާއާއި ގުޅިގެން، ކަމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް، މައިން ތެރޭގައި ވީ މީހުންގެ ޢާއިލާތަކުން ދަނީ މަސައްކަތްކުރަމުންނެވެ.


 
 


މައިނުގައި އެއްޗެއް ގޮވާ، އަލިފާން ރޯވީ ޑިއުޓީ ބަދަލުވީ ގަޑިއެއްގައި ކަމުން، މައިން ތެރޭގައި ތާށިވެފައިވާ ތިބި މީހުންގެ ޢަދަދު ކަށަވަރު ކުރަން ދަތި ކަމަށް މަޢުލޫމާތު ލިބެއެވެ.