ކުޅިވަރު

ސިޓީގެ ލީޑް 15 ޕޮއިންޓަށް!


ކެވިން ޑިބްރައިނާގެ މޮޅު ކުޅުމާއިއެކު ވެސްޓްބްރޮމް ބަލިކޮށް، ސިޓީ ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނާގައި 15 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. 

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ސިޓީ ކުޅުނު މެޗު އެޓީމުން ވެސްޓް ބްރޮމްއާއި ވާދަކޮށް ކާމިޔާބުކުރީ 3-0 ނެވެ. މެޗުގައި ސިޓީގެ ލަނޑުތައް ޖަހައިދިނީ ކެވިން ޑި ބްރައިނާ، ސާޖިއޯ އަގުއޭރޯ އަދި ފެނާންޑީނިއޯއެވެ. 

މެޗަށްފަހު ސީޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ސިޓީގެ ފެންވަރަކީ މިއީ ކަމަށާއި، ކުޅުމާއިމެދު ބުނާނެ އެއްޗެއް ނެތްކަމަށެވެ. އޭނާ ވަނީ ރޭގެ މެޗުގައި ކެވިން ޑިބްރައިނާ ދެއްކި މޮޅު ކުޅުމަށް ތަޢުރީފްކޮށްފައެވެ. ގާޑިއޯލާ ބުނީ ޑިބްރައިނާ ސިޓީގައި ހުރުމަކީ އެޓީމްގެ ނަސީބުކަމަށާއި، ސިޓީގެ އެޓޭކުގެ ހިތަކީ ޑިބްރައިނާކަމަށެވެ. 

ލީގުގެ އެއްވަނައިގައި ބޮޑު ލީޑަކާއިއެކު އޮތަސް އަދިވެސް ލީގު ޔަޤީންނުވާކަމަށާއި، ފަރުވާ ކުޑަކޮށްލައިފިނަމަ ލީގު ގެއްލިދާނެކަމަށް ގާޑިއޯލާ ފާހަގަކުރިއެވެ.