ކުޅިވަރު

ފަށަން ޖެހުނީ ސުމަކުން! ޞޮބާއަށް އޮތީ ޓީމެއް ބިނާކުރުން!


އޭނާ ޓީމާ ހާވާލުވެ ފަށަން ޖެހުނީ ސުމަކުން ކަމަށާއި، އަމާޒަކީ މިސީޒަނުގައި ރަނގަޅު ޓީމެއް އެކުލަވާލުން ކަމަށް ވެލެންސިޔާ ކޯޗު ސޮބާހު މުހަންމަދު ބުނެފިއެވެ.

 އާސީޒަން ތައްޔާރުވުމަށް އިއްޔެ ޕްރެކްޓިސް ފެށި ވެލެންސިޔާއިން ވަނީ ގިނަ ކުޅުންތެރިންތަކެއް ކްލަބަށް ގެންގޮސްފައެވެ. ޓީމާ އަލަށް ގުޅުނު ކުޅުންތެރިންނާ ގުޅޭގޮތުން ކޯޗު ސޮބާ ބުނީ ޓީމާ ގުޅުނު ކުޅުންތެރިންނަކީ އޭނާގެ ޕްލޭނަށް ބަލައިގެން ގެނައި، އޭނާ އެންމެ ބޭނުންވި ކުޅުންތެރިންކަމަށެވެ. މިސީޒަންގައި ވެލެންސިޔާއިން އޭނާއަށް ހަވާލުކުރި ޓާގެޓަކީ ކޮބާތޯ ސުވާލުކުރުމުން ސޮބާ ބުނީ މިވަގުތު މާގިނަ ވާހަކަތަކެއް ދެއްކެން ނެތްކަމަށާއި، އޭނާ ވެލެންސިޔާއާ ހަވާލުވިއިރު ފަށައިގަންނަން ޖެހުނީ ސުމަކުންކަމަށެވެ. އެހެންކަމުން އެންމެ ފުރަތަމަވެސް ކުރުވެނު މަސައްކަތަކީ ކުޅުންތެރިން ހޯދުން ކަމަށާއި، އެގޮތުން ޓީމަށް 25 ކުޅުންތެރިން އަލަށް ގުޅިފައިވާކަމަށެވެ. 

ސޮބާ ބުނީ ފުރަތަމަ އަމާޒަކީ މާލޭ ލީގުގެ ގަދަ ހައެއްގައި ހިމެނުންކަމަށެވެ. އެހެންނަމެވެސް މުޅި ސީޒަނަށް ބަލާއިރު އޭނާގެ އަމާޒަކީ ރަނގަޅު ސްކޮޑެއް އެކުލަވާލުންކަމަށް މިދިޔަ އަހަރު ގްރީން ސްޓްރީޓްސްއަށް އިރުޝާދު ދިން ޤައުމީ ޓީމްގެ ކުރީގެ ޑިފެންޑަރު ބުންޏެވެ.

" މީގަ އަޅުގަނޑަކަށް ނެތް އަދި މާގިނަ ވާހަކަތަކެއް ދެއްކޭކަށް. ސުމަކުން މިފެށީ ވެލެންސިޔާއަށް އައިސް. މިހާރު މިތިބީ އަޅުގަނޑު ބޭނުންވާ ފަންސަވީސް ކުޅުންތެރިން. ޓާގެޓަކީ ރަނގަޅު ޓީމެއް އެކުލަވާލުން "

img:http://s4.psmnews.mv/images/660x400/15174640348211.jpg|ޓީމް ޕްރެކްޓިސް ކުރާއިރު، ކީޕަރ ޓްރޭނަރ ހަބީބު: ފޮޓޯ-ވެލެންސިޔާ

ސޮބާ ބުނީ ޓީމުގައި ތިބި ދިވެހި ކުޅުންތެރިންނާއެކު ދެންއިތުރުވާނީ ބިދޭސީ ހަތަރު ކުޅުންތެރިންކަމަށެވެ. އެއީ މިދިޔަ ސީޒަންގައިގްރީންސްޓްރީޓްސްގެ ގޯލް ބެލެހެއްޓި ޖަޕާން ކީޕަރު ޖުން ކޮޗީއާއި ކިރްގިސްތާންގެ ޤައުމީޓީމްގެސެންޓްރަލް ޑިފެންޑަރެއްގެ އިތުރުން ޔުކްރެއިންގެ އެޓޭކިންގ މިޑްފީލްޑަރަކާއި ފޯވާޑެއްކަމަށެވެ. އެ ކުޅުންތެރިންނާއެކު އެއްބަސްވުމަކަށް އާދެވި، މިމަހު ދިހަވަނަ ދުވަހު ޓީމާގުޅޭނެ ކަމަށް ކޯޗު ސޮބާ ބުންޏެވެ.