އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވާލައްވައިފިއެވެ.
އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލާފައިމިވަނީ އެ ކޮމިޝަންގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު ސުލައިމާން މިއަދު އެ މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.
ރައީސް އޮފީހުން ބުނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 8 ވަނަދުވަހުގެ ހެދުނު 10:00ގެ ނިޔަލަށް ހުޅުވާލާފައިވާކަށެވެ.
އީސީގެ ރައީސް މަޤާމުން އިސްިއުފާދެއްވުމުން އެ ކޮމިޝަންގައި ދެން ތިއްބަވާނީ ކޮމިޝަންގެ ނާއިބު ރައީސް އަމުޖަދު މުސްތަފާއާއި އިސްމާއީލް ޙަބީބު ޢަބްދުއްރަހީމާއި މުހައްމަދު ޝަކީލާއި އަޙްމަދު އަކުރަމްއެވެ.