ވިޔަފާރި

ސަޓޭ ފެއަރގައި މަޓާޓޯއާއެކު ދިވެހި 10 ކުންފުންޏަކުން ބައިވެރިވާނެ


ދެކުނު އޭޝިއާގެ އެންމެ ބޮޑު ޓްރެވަލް ފެއަރ، ސައުތު އޭޝިއަން ޓްރެވަލް ޓްރޭޑް އެކްޒިބިޝަން، ސަޓޭގައި ދިވެހި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއަރގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓުސް އެންޑް ޓުއަރ އޮޕަރޭޓަރސް، މާޓާޓޯ އާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ ދިހަ ކުންފުންޏަކުން ބައިވެރިވެފައިވެއެވެ.  

މިއަހަރުގެ ސަޓޭ ފެއަރގައި ތިރީސް ފަސް ޤައުމަކުން ފައްސަތޭކައަށް ވުރެ ގިނަ އެގްޒިބިޓަރުން ވަނީ ބައިވެރިވެފައެެވެ.

ސަޓޭއަކީ މިއަހަރު މަޓާޓޯއިން ބައިވެރިވާ ފުރަތަމަ ފެއަރއެެވެ. ރާއްޖޭގެ ފަތުރުވެރިކަން މުޅި ދުނިޔެއަށް އިޝްތިހާރުކޮށް، ރާއްޖެ އިތުރަށް ޕްރޮމޯޓު ކުރުމަށްޓަކައި މިއަހަރުގެ ކޮންމެ މަހެއްގައިވެސް އެކިޤައުމުތަކަށް ޢަމާޒުކޮށްގެން ޙަރަކާތްތަކެއް ބާއްވާ، ބައިނަލްއަޤްވާމީ އެކި ފެއަރތަކުގައި ބައިވެރިވުމަށް މަޓާޓޯއިންވަނީ ރާވާފައެވެ.

އެގޮތުން ފެބްރުއަރީމަހު ތައިލޭންޑުގައި ބާއްވާ، ތައި އިންޓަރނޭޝަނަލް ޓްރެވަލް ފެއަރގައި ބައިވެރިވުމަށްވެސް މަޓާޓޯއިން ވަނީ ނިންމާފައެވެ.