ޚަބަރު

ޢުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަ އިތުރު ދެ ގްރޫޕަކަށް


މި އަހަރު ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އިތުރު ދެ ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ދީފިއެވެ. 

ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ފަހުން ދީފައިވާ 2 ކުންފުންޏަކީ ޒަމްޒަމް އެޗް އެންޑް ޔޫ ޓްރެވަލް ޕްރައިވެޓް ލިމިޓެޑާއި، އަލް ޞަފާ ޕްރައިވެޓް ލިމިޓެޑެވެ. މިއާއެކު 1439 ވަނަ އަހަރު ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަދީފައިވާ ކުންފުނިތަކުގެ އަދަދު 18 އަށް މިހާރު ވަނީ އިތުރުވެފައެވެ. މީގެ ތެރޭގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އިތުރުން އަމިއްލަ 17 ކުންފުންޏެއް ހިމެނެއެވެ. 

މިއަހަރު މީހުން އުމްރާއަށް ގެންދިޔުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކަކީ

1- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

2-އަލްޙަރްމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

3-ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް   

4-ތައިސީރު ޓްރެވަލްސް އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް

5-އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް

6-އަލްޢައިން ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް

7-މުސާފިރީން ޕްރައިވެޓް ލިމިޓެޑް

8-ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް

9-އެކްރޯ ޕްރައިވެޓް ލިމިޓެޑް

10-އަސްކޮއި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

11- ސިސިލްފަރު ޙައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

12-ދަރުމަ ލިލްޙައްޖި ވަލް ޢުމްރަތި ޕްރައިވެޓް ލިމިޓެޑް

13-ނަވާ ޙާއްޖު ޢުމްރާ ޕްރައިވެޓް ލިމިޓެޑް

14-ނިމްސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

15- ޙިޖާޒް ޕްރައިވެޓް ލިމިޓެޑް

16-ޓްރެވް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

17 ޒަމްޒަމް އެޗް. އެންޑް ޔޫ ޓްރެވަލް ޕްރައިވެޓް ލިމިޓެޑް

18- އަލް ޞަފާ ޕްރައިވެޓް ލިމިޓެޑް

ޙައްޖާއި ޢުމްރާގެ އަޅުކަން ފުރިހަމަކުރުމަށް ދާ ދިވެހިންގެ ކަންކަން އެހެން އަހަރުތަކަށްވުރެ ހަރުދަނާކޮށް ކުރިއަށްގެންދިއުމަށްޓަކައި ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރު ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ކުންފުނިތަކަށް ދީފައިވަނީ ބިޑް އުޞޫލުންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި މިގޮތަށް އަމަލުކުރުމުން ޙައްޖާއި، ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ އަމަލުތައް ބަލައި، މޮނިޓަރކުރުން ހަރުދަނާވެގެންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ. ޢުމްރާއަށް މީހުން ގެންދިޔުމުގައި އިހްމާލުވާ ފަރާތްތަކާއި މެދު އެ މިނިސްޓްރީން އަލަށް އެކުލަވާލާފައިވާ އުސޫލުގެ ދަށުން ހަރުކަށި ފިޔަވަޅުތައް އަޅާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.