ޚަބަރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އެކަކު ސީރިއަސް ހާލަތުގައި


މިރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެއެވެ. 

ހުޅުމާލޭ ހިތިގަސް މަގުގައި ހިނގި މިއެކްސިޑެންޓްގައި ޒަޚަމްވި މީހާ އިތުރު ފަރުވާއަށް މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދޭންފަށާފައެވެ. ފުލުހުން ބުނީ މިއެކްސިޑެންޓުގައި 2 މީހަކަށް އަނިޔާވި ކަމަށާއި 2 މީހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށެވެ. މީގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްކަމަށް ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން މަޢުލޫމާތު ދެއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މިއެކްސިޑެންޓް ހިނގީ ޖިޕަކާއި ސައިކަލެއް ޖެހިގެންނެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމަތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުގައި ސައިކަލުވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

މިރޭ 20:50 ހާއިރު ހިނގި މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތައް ލިބުނީ 25 އަހަރުގެ ފިރިހެނަކަށް ކަމަށް އާސަންދަ ކުންފުނިން ބުނެއެވެ. އަދި ހާލު ސީރިއަސް މީހާ އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައެވެ.

މިއެކްސިޑެންޓް ހިނގި ގޮތް ފުލުހުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.