ކުޅިވަރު

މާޒިޔާ ދޫކޮށް، އަސްއަދު އަލީ ގްރީންއަށް!


މިދިޔަ ދެ ސީޒަނުގައިވެސް މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު އަސްއަދު އަލީ (އަޑުބަރޭ) ކްލަބް ގްރީން ސްޓްރީޓްސްއަށް ބަދަލުވެއްޖެއެވެ. 

ޤައުމީ ޓީމުގައި މިހާރުވެސް މުހިއްމު ދައުރެއް އަދާކުރަމުން އަންނަ އަސްއަދު ވަނީ މިހާތަނަށް ޤައުމީ ޓީމަށް 52 މެޗު ކުޅެފައެވެ. ގްރީން ސްޓްރީޓްސްއަށް ސޮއިކުރުމަށްފަހު ޕީއެސްއެމް ސްޕޯޓްސް އިން ކުރި ސުވާލަކަށް ޖަވާބުދެމުން އަސްއަދު ބުނީ، ގްރީންއާ ގުޅުނީ މިހާރު ގްރީން އޮތް ހަރުފަތުން އެހެން ހަރުފަތަކަށް އެޓީމް ގެންގޮސްދިނުމުގެ އުއްމީދުގައިކަމަށެވެ. މިދިޔަ ސީޒަންގެ މާލެ ލީގުގެ ދެވަނަ މަޤާމް ގްރީން ސްޓްރީޓްސް ހޯދާފައި އޮތުން މިއީ މިސީޒަނުގައި ކާމިޔާބު ހޯދުމަށް ލިބިގެން ދާނެ އިތުރު ހިތްވަރެއްކަމަށް އަސްއަދު ބުންޏެވެ. ގްރީން ސްޓްރީޓްގައި އޭނާއަށް އިރުޝާދުދޭނީ ވިކްޓްރީއާއި، މާޒިޔާގައިވެސް އޭނާއަށް އިރުޝާދުދީ ކާމިޔާބު ހޯދައިދިން ކޯޗު އަލީ ސުޒޭނެވެ.

މާޒިޔާގެ އިތުރުން ނިއުރޭޑިއަންޓް ނިއުރޭޑިއަންޓާއި، ވީބީގައިވެސް އަސްއަދު އަލީ ވަނީ މޮޅަށް ކުޅެ ކާމިޔާބު ހޯދާފައެވެ. މިދިޔަ ސީޒަންގައި، މާޒިޔާގެ ފޯވާޑް އަދި ކެޕްޓަން އަސަދުﷲ އަބްދުﷲއަށް އަނިޔާވުމުން އަސްއަދު ވަނީ މާޒިޔާގެ ފޯވާޑް ލައިންގައިވެސް މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަސްއަދަކީ ގިނަ މަޤާމްތަކަކަށް ކުޅެވޭ، އަދި ކުޅެފައިވާ މަސަތްކަތުގެ ރޭޓް ރަނގަޅު ކުޅުންތެރިއެކެވެ.

އަސްއަދު އަލީގެ އިތުރުން މުޙައްމަދު އުމެއިރުވެސް ވަނީ މާޒިޔާ ދޫކޮށްލާފައެވެ. ބަދަލުގައި އެޓީމުން ވަނީ ގިނަ ކުޅުންތެރިންތަކެއް ގެނެސްފައެވެ.