ކުޅިވަރު

ވަރލްޑްކަޕް ޓްރޮފީއާއެކު ފޮޓޯ ނެގުން ކުރިއަށް ދަނީ


ފީފާ ވަރލްޑްކަޕް ޓްރޮފީއާއެކު ފޮޓޯ ނުގުން މާފަންނު ޓާރފް ދަނޑުގައި ކުރިއަށް އެބަދެއެވެ.

ދުނިޔޭގެ ތަށްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތުގެ ފަޚުރުވެރި ތަށްޓާއެކު ފޮޓޯ ނެގުމަށް ޓިކެޓް ހޯދި ފަރާތްތަކަށް މިހާރު ދަނީ ކަނޑައެޅިފައިވާ ގަޑިތަކުގައި ފޮޓޯ ނެގައިދެމުންނެވެ. ޓިކެޓްގައި ކަނޑައަޅާފައިވާ ވަގުތުގެ ތެރޭގައި ޓާފް ދަނޑަށް ދިއުމުން ފޮޓޯ ނެގުމަށްފަހު ފޮޓޯގެ ހާޑް ކޮޕީ ވަގުތު ދެއެވެ. އަދި ފޮޓޯގައި ޖަހާފައިވާ ޔޫއާރުއެލް ކޯޑެއް މެދުވެރިކޮށް ސޯޝަލް މީޑިއާގެ ވަޞީލަތްތަކުގައި ޝެއަރ ކުރުމުގެ ފުރުޞަތު އޮވެއެވެ. 12 އަހަރުން ދަށުގެ ކުދިންނާްއެކު ފޮޓޯ ނެގުމަށް ބެލެނިވެރިއަކަށް ވަދެވެއެވެ. އަދި އެކުގައި ފޮޓޯ ނެގުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

މިއަދު ހަވީރު 5 ޖެހުމާ ހަމައަށް ޓާފް ދަނޑުގައި ފޮޓޯ ނެގުމުގެ ކަންތައް ކުރިއަށްދާނެއެވެ. އޭގެ އިތުރުން މިއަހަރުގެ ވަރލްޑްކަޕްގެ މެސްކޮޓާއެކު ސެލްފީއާއި ފޮޓޯ ނެގުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. ވަރލްޑްކަޕް ޓްރޮފީ ޓުއަރގައި މިފަހަރު 54 ޤައުމަކަށް ޓްރޮފީ ގެންދާނެއެވެ. ރާއްޖެއަކީ ދަތުރުގެ ދެވަނަ މަންޒިލެއް. އިއްޔެ ހަވީރު ރާއްޖެ ގެނައި ޓްރޮފީ ރާއްޖެއިން ގެންދާނީ މިރޭގެ ވަގުތެއްގައެވެ.

img:http://s2.psmnews.mv/images/660x400/15168587021785.jpg|ޓްރޮފީއާއެކު ފޮޓޯ ނެގުމަށް މީހުން ކިޔޫ ހަދާފަ: ފޮޓޯ-ޕީއެސްއެމް

ވަރލްޑްކަޕް ޓްރޮފީއަކީ ވަރލްޑް ޗެމްޕިއަނުންނާއި، ޤައުމުތަކުގެ ރައީސުންނަށް ނޫނީ އަތް ނުލެވޭ ޝަރަފްވެރި ޓްރޮފީއެކެވެ. ތަށްޓާއެކު ފޮޓޯ ނެގުމުގެ ފުރުޞަތަކީވެސް މަދުން ނޫނީ ނުލިބޭ ފުރުޞަތެކެވެ.