ޚަބަރު

ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި


ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން ޖޭއެސްސީން ބުނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމާފައިވަނީ ހދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު މުޙައްމަދު ނިޔާޒެވެ.

ކްރިމިނަލްކޯޓަށް އައްޔަނު ކުރުމަށް ނިންމާފައިވަނީ ސ.ފޭދޫ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓްކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ޙުސައިން ޝަހީދާއި، ސ.ހިތަދޫ އޯޝަން ލީޑް އަލްއުސްތާޛު އަޙްމަދު ހައިލަމެވެ.

ޖޭއެސްސީން ބުނީ ހައި ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަން ކޮށްފައިވަނީ  މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުން ކަމަށެވެ.

ކުރިމިނަލްކޯޓަށް ދެ ފަނޑިޔާރުން މިއަދު އައްޔަންކުރުމުން އެކޯޓްގައި ތިއްބެވި ފަނޑިޔާރުންގެ އަދަދުވަނީ ހަތަކަށް އަރާފައެވެ. އަދި ހައިކޯޓަށް މިއަދު އައްޔަންކުރި ފަނޑިޔާރާއި އެކު އެކޯޓްގެ ފަނޑިޔާރުންގެ އަދަދުވެސް ވަނީ ހަތަކަށް އަރާފައެވެ.