ޚަބަރު

މެރިން ސައިންސް ސިންޕޯޒިއަށް ކަރުދާސް ހުށެހެޅުމުގެ ފުރުސަތު


މޯލްޑިވްސް މެރިން ސައިންސް ސިންޕޯޒިއަމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް މެރިން ސައިންސް ސިންޕޯޒިއަމްއަކީ ރާއްޖޭގެ އެކި ސަރަހައްދުގައި ކަނޑާއި ކަނޑުގެ ދިރުންތަކާއިގުޅޭ ދިރާސާތައް ކުރާ ފަރާތްތައް އެއްފުރާޅެއްގެ ދަށަށް ގެނެސް މަޝްވަރާކުރުމަށް ފުރުސަތުދިނުމަށް ކުރިއަށް ގެންދާ ސިންޕޯޒިއަމެކެވެ. އަދި އެއް ދުވަހުގެ މިސިންޕޯޒިއަމްގެ ތެރެއިން މިދާއިރާގައި މަސައްކަތްކުރާ މީހުން ކޮށްފައިވާ ދިރާސާތައް ހިއްސާކޮށް ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މެރިންގ ރިސާޗް ސެންޓަރުން ބުނެއެވެ. މި މެރިން ސިންޕޯޒިއަމް އޮންނާނީ އަންނަ ޖުލައި މަހުގެ 24 ވަނަ ދުވަހު ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. 

ޕީ.އެސް.އެމް ނިއުސްއާ ވާހަކަދައްކަވަމުން މެރިން ރިސަރޗް ސެންޓަރުގެ ސީނިއަރ ރިސާރޗް އެސިސްޓެންޓް މުޙައްމަދު ޝިމާލް ވިދާޅުވީ ސިމްޕޯޒިއަމަށް ދިރާސާ ކަރުދާސް ހުށެހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް. އަދި ކަނޑާއި ކަނޑުގެ ދިރުންތަކާއި ގުޅުންހުރި ތަފާތު ދާއިރާތަކުން ކަރުދާސް ހުށެހެޅޭނެކަށް އޭނާ ވިދާޅުވިއެވެ.



މި ސިންޕޯޒިއަމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދިރާސާ ކަރުދާސް ހުށައެޅުމުގެ ފުރުސަތު އޭޕްރިލް 30ހާ ހަމަޔަށް އޮތްއިރު، ހުށަހަޅާ ކަރުދާސް ވާންޖެހޭނީ މިހާރުވެސް ކުރިޔަށްދާ ނުވަތަ ވޭތުވެދިޔަ ދެއަހަރު ތެރޭ ކޮށްފައިވާ ދިރާސާއެއްގެ މައްޗަށް ބިނާކޮށްފައިވާ ކަރުދާހަކަށް ކަމަށް މެރިން ރިސާރޗް ސެންޓަރުން ބުނެއެވެ. އަދި ސިންޕޯޒިއަމްގައި ބައިވެރިކުރާ ކަރުދާސްތައް ކަނޑައަޅާނީ އެމް.އާރު.ސީއިން އެކުލަވާލާފައިވާ ޚާއްޞަ ސައެންޓިފިކް ކޮމިޓީއަކުންނެވެ.