ޚަބަރު

ިއަތޮޅުތެރޭ ހިންގި ފުރަތަމަ މާޝަލް އަރޓްސް ކޯސް ކުޅުދުއްފުށިގައި ބާއްވައފި





 


ހެވިކަމުގެ އުކުޅުތައް ދަސްކޮސްދިނުމަށް އަތޮޅުތެރޭގައި ހިންގި ފުރަތަމަ މާޝަލް އަރޓްސް ކޯސް ހދ ކުޅުދުއްފުށިގައި ހިންގައިފިއެވެ.  


 
ރާއްޖޭގެ ބޮޑެތި އަބާދި ހިމެނޭ ރަށްރަށަށް ހިންގަން ނިންމައި، މީގެ   ފުރަތަމަ ކޯސް ކުޅުދުއްފުށީގައި ހިންގާފައިވަނީ އެއްމަސް ދުވަހުގެ މުއްދަތަށެވެ.  


 
މިކޯހުގައި ބައިވެރިވި ބައްތިރީސް ދަރިވަރުންގެ ތެރެއިން ފަންސަވީސް ބައިވެރިޔަކު ވަނީ ކޯސް ފުރިހަމަ ކޮށްފައެވެ.


 
މާޝަލް އަރޓްސް އެސޯސިއޭޝަނުން ހިންގި މިކޯހުން ފާސް ވި ފަރާތްތަކަށް ވަނި ބުލޫ ބެލްޓް ޙަވާލު ކޮށްފައެވެ.


 
ހެވިކަމުގެ  އިންސްޓްރަކްޝަން ލެވެލްއަށް މިކޯހުން ފާސްވާ ފަރާތްތަކަށް އެމްއެންޑީއެފް  ފަދަ މުއައްސަސާ ތަކުން ވަޒީފާ ހޯދަން ފަސޭހަވާނެކަމަށް


 



މާޝަލް އަރޓްސް އެސޯސިއޭޝަނުން ، މައުލޫމާތު ދެއެވެ.