ކުޅިވަރު

ޑެބްރޫނޭ ކޮންޓްރެކްޓް އާކޮށްފި


މެންޗެސްޓާ ސިޓީން އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކެވިން ޑެބްރޫނޭގެ ކޮންޓްރެކްޓް އާކޮށްފިއެވެ.

އޭނާގެ ކޮންޓްރެކްޓް އާކުރީ 2023ގެ ނިޔަލަށެވެ. ސިޓީން ޑެބްރޫނޭގެ ކޮންޓްރެކްޓް އާކުރީ އޭނާއާއެކު ކުރިނެ ވެފައިވާ އެއްބަސްވުން ކައިރިވެސް ނުވަނީހެވެ.

އޭނާ އަކީ ކޯޗު ޕެޕް ގާޑިއޯލާގެ ގޭމް ޕްލޭނުގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. އާ ކޮންޓްރެކްޓާއެކު ޑެބްރޫނޭ އަށް މާލީ ގޮތުން ބޮޑެތި އިނާޔަތްތަކެއް ދޭން ސިޓީން ވަނީ ނިންމާފައެވެ. އެއީ ކޯޗު ގާޑިއޯލާގެ އެދުމުގެ މަތީން ކުޅުންތެރިޔާ ޓީމުގައި ދިގު މުއްދަތަކަށް ބެހެއްޓުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

2015 ވަނަ އަހަރު ސިޓީއާ ގުޅުނު ޑެބްރޫނޭ ވަނީ މި ސިޒަނުގައި މިހާތަނަށް ހަ ގޯލު ޖަހައި 10 ފަހަރު ގޯލު ޖަހަން ފުރުސަތު ތަންވަސްކޮށްދީފައެވެ.