ވިޔަފާރި

ނިއުއެޑިޝަނުން "ނޯޓް" ބްރޭންޑްގެ ކޮސްމެޓިކްސް ތަޢާރަފްކޮށްފި


ޒީނަތްތެރިވުމަށް ބޭނުންވާ ސާމާނު ވިއްކާ ނިއުއެޑިޝަނުން "ނޯޓް" ބްރޭންޑްގެ ކޮސްމެޓިކްސް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފިއެވެ.

ނިއު އެޑިޝަނުން ރާއްޖޭގެ މާކެޓަށް ނޯޓް ބްރޭންޑްގެ ކޮސްމެޓިކްސް ތަޢާރަފްކޮށްފައިވަނީ، މިކަމަށްޓަކައި ގަލޮޅު ސަހަރާކައިރީ ހުންނަ ނިއުއެޑިޝަން ފިހާރައިގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ނޯޓް ބްރޭންޑް ތައާރަފްކޮށްދެއްވީ، އެ ބްރޭންޑްގެ އިންޓަރނޭޝަނަލް ސޭލްސް މެނޭޖަރު ސިހާން ބޭރަކްތަރ އާއި މޮޑެލް ޔުމާނެވެ.

ނޯޓް ބްރޭންޑްގެ ކޮސްމެޓިކްސް އުފައްދުމުގައި ތަފާތު ކެމިކަލްތަކާއި، އަލްކަހޯލް އަދި އެސިޑް ފަދަ ތަކެތި ބޭނުންކޮށްފައިނުވާކަމީ މި ބްރޭންޑް ޚާއްސަވާ އެއް ސަބަބުކަމަށް ނިއު އެޑިޝަނުން ފާހަގަކުރެއެވެ.

ނޯޓް ބްރޭންޑަކީ ތުރުކީގެ އުފެއްދުމެކެވެ. ނިއު އެޑިޝަނުން ބުނީ، ރާއްޖޭގެ މާކެޓަށް ނޯޓް ބްރޭންޑްގެ ކޮސްމެޓިކްސް ތައާރަފްކުރުމަށް ނިންމީ، ކޮލެޓީ ރަނގަޅު ބްރޭންޑެއް ހެޔޮ އަގެއްގައި ދިވެހިންނަށް ފޯރުކޮށްދިނުންކަމަށެވެ.

ނިއު އެޑިޝަނުން ބުނީ، ނޯޓް ތަޢާރަފްކުރުމާއިއެކު އެ ބްރޭންޑްގެ ފައުންޑޭޝަނާއި، އައިލައިނާގެ އިތުރުން ލިޕްސްޓިކް ފަދަ މޭކަޕް ކުރުމަށް ބޭނުންވާނޭ ތަކެތި މިހާރު އެފިހާރައިން ކަސްޓަމަރުންނަށް ލިބެންހުންނާނޭ ކަމަށެވެ.