ކުޅިވަރު

ޗެލްނެޖް ކަޕަށް ތަރުހީބު ހޯދުމުގކުޑަކުދިންގެ ހަވީރެއް ބާއްވައިފި


 
ޗެލްނެޖް ކަޕަށް ތަރުހީބު ހޯދުމުގެ ގޮތުންނާ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.


 
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކްސް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރް.ސީއާ އެފްއޭ އެމް ގުޅިގެން މިއަދު ހަވީރު މާފަންނު އެއްނަންބަރު ޓާފް ދަނޑުގައި ބޭއްވި މި ހަރަކާތަށް ބޮޑު ތާއީދެއް ވަނީ ލިބިފައެވެ.


 
 


މި ހަރަކާތުގައި ޤައުމީ ޓީމުގެ ކުޅުންތެރިންނާ އެފް.އޭ.އެމްގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިއަދު އޮތް ކުޑަކުދިންގެ ހަވީރުގައި ޤައުމީ ޓީމުގެ ކުޅުންތެރިންނާއެކު ފޮޓޯނެގުމުގެ ފުރުސަތުއޮތްއިރު ކުޑަކުދިންނާ ގުޅޭ އެކި ހަރަކާތްތަށް ކުރިޔަށްގެންގޮސްފައިވެއެވެ.