ވިޔަފާރި

ހޮންގކޮންގ އެއަރލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް


ހޮންގކޮންގ އެއަރލައިނުން ރާއްޖެކުރަމުންދިޔަ ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު އަލުން ދަތުރުތައް ފަށައިފިއެވެ. އެމްއޭސީއެލްއިން ބުނީ ހޮންގކޮންގ އެއަރލައިންގެ ދަތުރުތައް މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އަލުން ފަށާފައިވާކަމަށެވެ. އަދި ހަފްތާގެ ކޮންމެ ދުވަހަކު ޝެޑިއުލް ދަތުރުތައް ކުރަމުންދާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އޭ330 މަރުކާގެ ބޯޓެކެވެ.

ހޮންގކޮންގ އެއަރލައިނުން ޗައިނާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އާދެއެވެ. ޗައިނާގެ މާކެޓަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ އެެއް މަންޒިލެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ޗައިނާއިން ރާއްޖެއަށް 141 ހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.