ފަލަސްޠީނުގައި އެކުލަވާލާ އާ ސަރުކާރުން އިސްރާއީލުން ބަލައިގަންނަން ޖެހޭނެކަމަށް ބުނެ، އެމެރިކާއިން ކުރަމުންދާ ޑިމާންޑުތައް، ގައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާޢަތުން ކުށްވެރިކޮށްފި. އެމެރިކާގެ މި ޢަމަލަކީ ފަލަސްޠީނުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް އެމެރިކާއިން ވަނުން ކަމަށްވެސް ހަމާސްއިން ސިފަކުރެއެވެ. 
 
 
 
ހަމާސްގެ ތަރުޖަމާނު – ފައުޒީ ބަރުޙޫމް ވިދާޅުވީ، އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު – ސޫޒަން ރައިސް، 
 
ހުސްވި ހަފްތާގައި ރާމަﷲއަށް ކުރެއްވި ޒިޔާރަތަކީ ފަލަސްޠީނު ސުލްޙަވުމަށް ކުރަމުންދާ މަސައްކަތްތައް ގޮސް މަގަކަށް ވައްޓާލުމަށް ކުރެއްވި ޒިޔާރަތެއް ނޫންކަމަށް ބަލަމުން އަންނަ ބެލުން ހަމާސްއިން ބަދަލު ނުކުރާކަމަށެވެ.
 
 
 
ފަލަސްޠީނުގެ ވެރިކަން ކުރަމުން އަންނަ ފަތަހަ ޖަމާޢަތާ، ގައްޒާ ކޮންޓްރޯލްކުރަމުންދާ ހަމާސް ޖަމާޢަތާ ދެމެދު ސުލްޙަ ޤާއިމްކޮށް އެއްބަސްވުމެއް އެކުލަވާލާފައިވާ، 
 
އެ އެއްބަސްވުން ތަންފީޒުކުރުމުގެ މަސައްކަތްތައް އަވަސް ކުރުމަށްވެސް ހަމާސްގެ ތަރުޖަމާނު ވަނީ ގޮވާލައްވާފައެވެ.