ޚަބަރު

އޯ.އައި.ސީގެ ކުއްލި ބައްދަލުވުމަކަށް ފޮރިން މިނިސްޓަރ ސައުދީއަށް


އޯ.އައި.ސީގެ ފޮރިން މިިސްޓަރުންގެ ކުއްލި ބައްދަވުމުގައި ބައިވެރިވެޑައިގަތުމަށް ފޮރިން މިނިސްޓަރ ޑރ މުހައްމަދު އާސިމް ސައުދީއަށް ވަޑައިގެންފިއެވެ.

މީ ޔަމަނުގެ ހޫތީން ސައުދީއަށް ދެމުން ގެންދާ ހަމަލާތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ސައުދީ ސަރުކާރުގެ އެދުމުގެ މަތިން ބާއްވާ ބައްދަލުވުމެކެވެ. 

ޔަމަނުގެ ހޫތީން މިދިޔަ ޑިސެންބަރު މަހުގެ ރިޔާޟަށް ދޭން މަސައްކަތްކުރި މިސައިލް ހަމަލާއާއި ސައުދީއަށް ހޫތީން ތަކުރާރުކޮށް ދޭން މަސައްކަތް ކުރާ ހަމަލާތަކާއި ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވާރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު އޮންނަ އޯ.އައި.ސީގެ ބައްދަލްވުމަށްފަހު ފޮރިން މިނިސްޓަރ ޑރ އާސިމް މިރޭގެ ވަގުތެއްގައި ނިއުޔޯކަށް ފުރާވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.

އޯއައިސީ ބައްދަލުވުމުގައި ފޮރިން މިނިސްޓަރގެ އިތުރުން ރާޢްޖޭގެ ފަރާތުން ބައިވެރިވެޑައިގަންނަވާނީ ރާއްޖެއިން ސައުދީއަށް ކަޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުﷲ ހަމީދާއި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީ ޖާވިދް ފައިސަލާއި ޑިރެކްޓަރ ޝަހިއްޔާ އަލި މަނިކުއެވެ.