ދުނިޔެ

ތައިލޭންޑްގެ ބޮޑުވަޒީރުގެ ރަސްމީ އޮފީސް ހުންނަ ސަރަޙައްދުގައި ކޭމްޕުކޮށްފި





ތައިލޭންޑްގެ މުޅި ސަރުކާރު ވައްޓާލުމަށް އެޤައުމުގައި މިދިޔަ ހުކުރު ދުވަހު އަލުން މުޒާހަރާ ފެށި އިދިކޮޅު ފަރާތްތަކުން، އެޤައުމުގެ ބޮޑުވަޒީރުގެ ރަސްމީ އޮފީސް ހުންނަ ސަރަޙައްދުގައި ކޭމްޕުކޮށްފިއެވެ.


 
މިސަރަޙައްދަށް އަމާޒުކޮށް ރޭގެ ވަގުތެއްގައި ދެ ގްރެނޭޑް ޙަމަލާއެއް ދީފައިވާއިރު، ދެމީހަކަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. ތައިލޭންޑްގެ ސަރުކާރާ ދެކޮޅު މުޒާހަރާތައް ހިންގުމުގައި އެންމެ އިސްކޮށް ހުންނަވާ ސޫތެޕް ތައުގުސުބާންއަށް، އެޤައުމުގެ ބޮޑުވަޒީރުގެ ރަސްމީ އޮފީހަށް ވަނުމުގެ ފުރުޞަތު ފަހިކޮށްދީފައިވާކަމަށް ޚަބަރު ލިބެއެވެ.


 
 


ބޮޑުވަޒީރުގެ ޢިމާރާތް ހުސްކޮށް ހުންނަތާ ދުވަސްކޮޅެއް ވެފައިވާއިރު، އެ ޢިމާރާތަށް ވަދެ، ޢިމާރާތުގެ ބޭނުން ހިފުމުގެ ފުރުޞަތު ތައުގުސުބާނަށް ދީފައިވަނީ ތައިލޭންޑްގެ އިސްލާހީ ކޮމިޓީގެ ކޮމާންޑް ސެންޓަރެއްގެ ގޮތުގައެވެ.