ސާދަ ބުރީގެ އޮފީސް އިމާރާތެއް އަޅާދޭނެ ބަޔަކު ހޯދަން ބޭންކް އޮފް މޯލްޑިވްސް އިން ޢިއުލާން ކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ މާލޭގައި ހުންނަ މި އިމާރާތް ތަރައްޤީކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. މި އިމާރާތް ހެދުމަށް ހަމަޖެހިފައިވަނީ ދެހާސް ފައްސަތޭކަ އަކަ ފޫޓުގެ ބިމެއްގައެވެ. އެހެންނަމަވެސް މި އިމާރާތް ހަދަނީ ކޮން ބިމެއްގައިކަމެއް ބީއެމްއެލްއަކުން ނުބުނެއެވެ.
ތިން ލިފްޓް ހިމެނޭގޮތަށް ޒަމާނީ ވަސީލަތްތަކާއި އެކު ތަރައްޤީކުރާ ސާދަ ބުރީގެ މި އިމާރާތުގައި ވަކިން ހާއްސަ ޕާކިން އޭރިިއާއެއްވެސް އޮންނާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.