އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ރޭ ދަންވަރު ހިންގި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް މައުލޫމާތު ލިބެއެވެ. އަލިފާނުގެ ހާދިސާ ހިނގީ އައްޑޫ ސިޓީ ހިތަދޫ އެލްމެނިއަމް ގޭ ގައެވެ. މިހާދިސާ ހިނގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މިހާދިސާ ހިނގިއިރު އެގޭގައި އެއްވެސް މީހަކު ނޫޅެއެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބާއި އެގެއަށް ލިބުނު ގެއްލުން ސާފުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.