ޚަބަރު

11 މީހުންނާއި އެކު މަހަށް ނުކުތް ދޯންޏެއް ގެއްލިގެން ހޯދަނީ


11 މީހުންނާއި އެކު މަހަށް ނުކުމެ އުޅުނު ދޯންޏެއް ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ތ.ބުރުނީ "ނޫރު" ނަމަކަށް ކިޔާ މި ދޯނީގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ ރިޕޯޓްކުރީ މިއަދު ހެނދުނު 08:33 ހާއިރުކަމަށެވެ. މި ދޯންޏާއި އެންމެ ފަހުން ގުޅިފައި ވަނީ މިމަހުގެ 6 ވަނަ ދުވަހު ހދ. ނޮޅިވަރަމާއި ދިމާ ބޭރުގައި ވަނިކޮށްކަމަށް ދޯނީގެ ވެރިފަރާތާއި ހަވާލީ އެމްއެންޑީއެފުން ބުނއެވެ. ބޭރުގައި މަޑު ނޫކުލައިގެ ދަވާދު ލާފައިވާ 65 ފޫޓުގެ ދޯނީގެ ގެ ގަނޑުގައި ހުންނާނީ ހުދު ކުލައިގެ ދަވާދު ލާފައި އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެއެވެ. 

މިއުޅަނދާއި ބެހޭ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން އެދެމެވެ.