ޚަބަރު

ފޮރިން މިނިސްޓަރ އިންޑިޔާއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޙާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާޞިމް އިންޑިއާއަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓަރގެ މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެޤައުމުގެ ފޮރިން މިނިސްޓަރ ސުޝްމާ ސުވަރާޖާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މިދަތުރުފުޅާގުޅޭ ގޮތުން މިހާތަނަށް މާ ބޮޑު ތަފްސީލެއް ފޮރިން މިނިސްޓްރީން ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް މިމަހުގެ 10 އަކުން 12 އަށް ކުރައްވާ މި ދުތުރުފުޅުގައި ރާއްޖެއާއި އިންޑިއާއި ދެމެދު ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން މުހިއްމު މަޝްވަރާތައް ކުރައްވާނެ ކަމަށް ބެލެވެއެވެ.

މިއީ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާޞިމް އަވަށްޓެރި އިންޑިއާއަށް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެއެވެ. މިނިސްޓަރ މީގެކުރިން އިންޑިއާއަށް ވަޑައިގެންފައިވަނީ 2016 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ. އެއީ އެމަނިކުފާނު ފޮރިން މިނިސްޓަރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންފަހުން، ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.