ޚަބަރު

މިލަންދޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ނިންމާ ހަވާލުކޮށްފި


ށ. މިލަންދޫ ސްކޫލަށް އިތުރުކުރި 4 ބުރީގެ އައު ޢިމާރާތުގެ މަސައްކަތް ނިންމާ، އެޑިއުކޭޝަން މިނިސްޓްރީއާއި ހަވާލުކޮށްފިއެވެ. ތަޢުލީމީ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ހިންގާ މަޝްރޫޢުތަކުގެ ދަށުން މިލަންދޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ކުރީ އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނެވެ. މިލަންދޫ ސްކޫލަށް އިތުރުކުރި އިމާރާތުގައި 29 ކްލާސްރޫމާއި 2 ލައިބްރެރީގެ އިތުރުން 4 ލެބޯޓްރީ ހިމެނެއެވެ.

img:http://s4.psmnews.mv/images/660x400/15154226236556.jpg|ށ. މިލަންދޫ ސްކޫލަށް އިތުރުކުރި އައު އިމާރާތް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރަނީ

4 ބުރީގެ މި އިމާރާތުގެ މަސައްކަތް ނިންމާ އެޑިއުކޭޝަން މިނިސްޓްރީއާއި މިހާރު ހަވާލުކޮށްފައިވާއިރު، ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއެކު މި އިމާރާތްވެސް ބޭނުންކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މިއީ ދަޢުލަތުގެ ބަޖެޓުން 49 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.