ތަޢުލީމު

އެމް.އޭ.އެމް ބިޒްނަސް ސްކޫލުން ޑިޕްލޮމާ ކޯސްތަކެއް ފަށަނީ


މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ދަށުން، ހިންގަމުންއަންނަ އެމް.އޭ.އެމް ބިޒްނަސް ސްކޫލުން މި އަހަރުގެ ތެރޭގައި 5 ޑިޕްލޮމާ ކޯހެއް ފެށުމަށް ހަމަޖެހިފައިވާކަމަށް އެ ސްކޫލުން ބުނެފިއެވެ.

އެމް.އޭ.އެމް ބިޒްނަސް ސްކޫލުގެ ސީ.އީ.އޯ އާދިލް ރަޝީދު ވިދާޅުވީ ޑިޕްލޮމާ އިން ލީޑާރޝިޕް އެންޑް މެނޭޖްމެންޓް ކޯހުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 5 ޑިޕްލޯމާ ކޯހެއް 5 މި އަހަރުތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އެމް.އޭ.އެމް ބިޒްނަސް ސްކޫލުން ސެޓްފިކެޓް ތިނަކުން ފެށިގެން އެސޯސިއޭޓް ޑިގްރީއާއި ހަމައަށް ކޯސްތައް ކުރިޔަށްގެންދެއެވެ. މީގެއިތުރުން، ޑިގްރީ އަދި މާސްޓާސް ޑިގްރީގެ ކޯސްތައް ފެށުމަށް ތައްޔާރުވަމުންދާކަމަށާއި، މިކޯސްތައް ބެހިގެންދަނީ 9 ދާއިރާއަކަށްކަމަށް އެ ސްކޫލުން މައުލޫމާތުދެއެވެ.

"މަކިޔަވާނީ ރަށުގަ" މި ޝިޔާރުގެ ދަށުން އެމް.އޭ.އެމް ބިޒްނަސް ސްކޫލް އިންވަނީ މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަހަރު ޖެނުއަރީ މަހުގެ ގިނަ ކޯސްތަކެއް ފެށުމަށް ނިންމާފައިއެވެ.