ޚަބަރު

އެމްއެމްއޭގެ ބޯޑަށް ޖަނާހު އާއި އިޙްސާން


ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ބޯޑަށް ތިން ބޭފުޅުން އައްޔަނުކުރައްވައިފިއެވެ. އެމްއެމްއޭގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވީ، އެސިސްޓެންޓް ގަވަރުނަރުގެ މަޤާމަށް އިދުހާމް ޙުސައިންއާއި ޕްރައިވެޓް ސެކްޓަރގެ ފަރާތުން މުޙަންމަދު ޢަލީ ޖަނާހު އާއި ޢަލީ އިޙްސާން އެވެ.

އެސިސްޓެންޓް ގަވަރުނަރުގެ މަޤާމަށް އިދުހާމް ހުސައިން އައްޔަން ކުރެއްވީ، މީގެ ކުރިން އެސިސްޓަންޓް ގަވަރުނަރުގެ މަޤާމްގައި ހުންނެވި ނީޒާ ޢިމާދު އިސްތިއުފާދެއްވުމުންނެވެ. އެމްއެމްއޭގެ ބޯޑަށް ޕްރައިވެޓް ސެކްޓަރގެ ފަރާތުން އައްޔަން ކުރެއްވި ބޭފުޅުން ގެ ތެރެއިން މުޙަންމަދު ޢަލީ ޖަނާހް އަކީ ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ) ގެ ޗެއާމަނެވެ. އަދި ޢަލީ އިޙްސާން އަކީ ހެޕީ މާކެޓްގެ ޖެނެރަލް މެނޭޖަރެވެ.

އެމްއެމްއޭގެ ބޯޑަށް އައްޔަން ކުރެއްވި މިތިން ބޭފުޅުންގެ އިތުރުން އެމްއެމްއޭގެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ގަވަރުނަރު އަޙުމަދު ނަޞީރާއި ޑެޕިއުޓީ ގަވަރުނަރު އާއިޝަތު ޒާހިރާ އާއި ފިނޭންސް މިނިސްޓްރީގެ ފަރާތުން އައްޔަން ކުރައްވާފައިވާ ޑިރެކްޓަރު ޢަބުދުލްޙަލީމް ޢަބުދުލް ޢަފޫރެވެ.