ޚަބަރު

ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަކީ ވަރަށް ގާތް ބައިވެރިއެއް


ރާއްޖެ އުފެދިފައިވާ ސަރަހައްދުގެ ގޮތުން ރާއްޖެއަކީ ވަރަށް މުހިންމު ޤައުމެއްކަމަށާއި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަކީ ވަރަށް ގާތް ބައިވެރިއެއް ކަމަށް ޖަޕާންގެ ފޮރިން މިނިސްޓަރ ޓާރޯ ކޯނޯ ވިދާޅުވެއްޖެއެވެ. ޖަޕާންގެ ފޮރިން މިނިސްޓަރ ޓާރޯ ކޯނޯ މިހެން ވިދާޅުވެފައިވަނީ ރާއްޖެއަށް ކުރެއްވި ރަސްމީދަތުރުފުޅު ނިންމާލެއްވުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޕީއެސް.އެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.

ރާއްޖޭގެ ތަރައްޤީގެ މުހިއްމު އެއް ބައިވެރިއެއްކަމަށްވާ ޖަޕާނާއި ރާއްޖޭން ޚާރިޖީ ގުޅުން ޤާއިމުކުރިތާ ފަންސާސް އަހަރަށްވުރެ ގިނަ ދުވަސް ވަނީވެފައެވެ. ދެ ޤައުމުގެ ގުޅުމުގެ ރަންޔޫބީލް މުސާބައާއި ގުޅިގެން ޖަޕާންގެ ފޮރިން މިނިސްޓަރ ޓާރޯ ކޯނޯވަނީ ކުރެއްވި އއްދަުވަހުގެ ދަތުރުފުޅު ވެގެން ގޮސްފައިވަނީ ގެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއްކަމަށް ދެ ޤައުމުން ބުނެއެވެ.މީ ޖަޕާންގެ ފޮރިން މިނިސްޓަރަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.މިދަތުރުފުޅުގައި ޖަޕާނުގެ ފޮރިން މިނިސްޓަރ ޓާރޯ ކޯނޯވަނީ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމާއި ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމްއާއި ވަކިވަކިން ބައްދަލުކުރައްވާ ގިނަ މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.މި މަޝްވަރާތަކުގައި ރާއްޖޭގައި ކުރިއަށްދާ އިޤްޠިޞާދީ މަޝްރޫޢުތަކުގެ ތަފްޞީލާއި ރާއްޖޭގެ އިޤްޠިޞާދުގެ ބައިވެރިއެއްގެ ގޮތުގައި، ރާއްޖޭގައި އިންވެސްޓްކުރެވޭނެ ދާއިރާތަކުގެ ތަފްސީލް ޖަޕާނުގެ ފޮރިންގ މިނިސްޓަރަށް އަރުވާފައިވެއެވެ. މީގެ އިތުރުން ޒުވާނުންނާ ގުޅުންހުރި ވަޞީލަތްތައް ތަރައްޤީކުރުމަށް ޖަޕާނުން ހޯދޭނެ އެހީތަކާ ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.ރާއްޖެއަށް ކުރެއްވި ރަސްމީދަތުރުފުޅު ނިންމާލެއްވުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހުންނަވާ ޕީއެސް.އެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ޖަޕާންގެ ފޮރިން މިނިސްޓަރ ޓާރޯ ކޯނޯ ވިދާޅުވީ މިދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ އިތުރު ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވާކަމަށެވެ. އެގޮތުން ޖަޕާނުން ކުރިއަށްގެންދާ އިންޑޯ ޕެސިފިކް ސްޓްރެޓިޖީގައި ރާއްޖޭގެ ޙިއްސާވެވޭނެ ގޮތްތަކާއި މެދު މަޝްވަރާކުރައްވާފައިވާކަންވެސް ފޮރިން މިނިސްޓަރ ޓާރޯ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކާރިސާތަކުން ރައްކާތެރިވުމާއި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތަށް ކުޑަކުރުމާއި ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށްވެސް މިނިސްޓަރ ކޯނޯ ވިދާޅުވިއެވެ.ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީގުޅުން ޤާއިމްކޮށްފައިވަނީ 14 ނޮވެމްބަރ 1967ގައެވެ. ރާއްޖެއަށް އެންމެ އެހީއަށް ބޭނުންވާ ވަގުތުތަކުގައި ޖަޕާނަކީ އެންމެ ފުރަތަމަ ރާއްޖެއަށް އެހީވެދީފައިވާ އެއް ޤައުމެވެ.