ކުޅިވަރު

ޤައުމީ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ދެޓީމަށް!


ނަތީޖާ އެއްވަރުވެ ޤައުމީ ކުރިކެޓް މުބާރާތުގެ ޗެންޕިއަންކަން ފައިނަލްގައި ކުޅުނު ދެޓީމަށް ދީފިއެވެ. 

ފައިނަލްގައި ވާދަކުރީ ސީބީއެލްއާއި  މާލެ ސްޕޯރޓްސް. ފަންސާސް ތިންވަނަ ޤައުމީ ކްރެކިޓް މުބާރާތުގެ ޖޮއިންޓް ޗެންޕިއަން ކަން ލިބުނީ ތިންދުވަހަށް ބަހާލައިގެން ކުޅުނު ފައިނަލު މެޗު ނަތިޖާ ތިންވަނަ ދުވަހުވެސް އެއްވަރުވުމުންނެވެ. ފައިނަލު ދުވަހު ހަތަރު ވިކެޓުން މެޗު ސީބީއެލްއަށް ކާމިޔާބު ކުރެވެންއޮތެވެ. އަދި މާލެ ސްޕޯޓްސް އަށް ހަ ވިކެޓުން މެޗު ކާމިޔާބުކުރެވެން އޮތެވެ. މެޗުގައި  ކޮންމެ ޓީމަކުންވެސް ދެއިނިންގްސް ކުޅުނު އިރު ދެ ޓީމަށް ޗެންޕިއަންކަން ލިބުނީ ހެދި ލަނޑާއި ވިކެޓުވެސް އެއްވަރުވުމުންނެވެ. މެޗު ނަތިޖާ އެއްވަރުވުމުން އިތުރަށް އެއް ގަޑިއިރު ކުޅެގެންވެސް ނަތިޖާ އެއްވަރުވުމުން މެޗު ނިމިގެން ދިޔައީ މުބާރާތުގެ ޗެންޕިއަންކަން ދެޓީމަށް ލިބިގެންނެވެ.

 ފައިނަލް މެޗަށްފަހު މާލެ ސްޕޯރޓްސް ކުލަބުގެ މުހަންމު ރިޝްވާން ބުނީ މުބާރާތަށް ނިކުތީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި، މުބާރާތުގައި ހިތްހަމަޖޭ ކުޅުމެއް ނުދެއްކުނަސް ކުރެވުނު މަސައްކަތް ރަނގަޅުކަމަށެވެ.

" ވަރަށް ބުރަކޮށް މުބާރާތައް ތައްޔާރުވިން، ވަރަށް ހާޑްކޮއް ޕްރެކްޓިސް ޖެއްސިން، މީއީ ކަންނޭގޭ މީހާ ރަނގަޅު ނަތީޖާ އެއް ފެނިގެންދިޔީ"

މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިޔަކީވެސް، އަދި ވިކެޓް ކީޕަރަކީވެސް. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީވެސް ރިޝްވާނެވެ.. ރިޝްވާން ވަނީ ޤައުމީ މުބާރާތުގައި ސެންޗަރީއެއް ހަދާ ފައިނަލުގައި ސަތޭކަ އައްޑިހަވުރެ ގިނަ ލަނޑު ހަދާފައެވެ. މުބާރާތުގެ އެންމެ ގިނަ ވިކެޓް ހޯދީ މާލެ ސްޕޯޓްސްގެ މުހަންމަދު މަހްފޫޒެވެ. މުބާރާތުގެ ތިންވަނަ ޓީމަކީ ވިޔަންސާއެވެ.